ads
ދީނަށް ފުރުއްސާރަ ކުރި ރުސްތުމް
ދީނަށް ފުރައްސާރަކުރި ރުސްތުމް ތަންފީޒުކުރަންޖެހޭ ހުކުމެއް ނެތް
ފާޅުގައި ސޯޝަލް މީޑިއާގައި އިސްލާމް ދީނަށާއި، މާތްﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކުރި، ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ކޯޓުން ނިންމައިފި އެވެ.

ރުސްތުމް އަކީ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރުމުގެ ސަބަބުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ކޯޓަށް ފޮނުވާފައި ވަނީ 2021 ވަނަ އަހަރުގަ އެވެ.  

އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ދީނީ އެއްބައި ވަންތަކަން ނަގާލަން އުޅުމުގެ ދައުވާ އެވެ.  

ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލާގައި ރުސްތުމް ހައްޔަރުކުރުމުން ފުލުހުންނަށް ދިން ބަޔާނުގައި ވެސް އޭނާ ވަނީ އެކަމަށް އިއުތިރާފުވެފަ އެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް އެކި ވާހަކަތައް އެ ބަޔާނުގައި ދައްކާފައިވެ އެވެ. މި މައްސަލައާއި ގުޅިގެން މި އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް ޖަވާބުދާރީވުމަށް ގާޒީ ވަނީ އަންގަވާފަ އެވެ. 

ދައުވާތަކަށް ޖަވާބުދާރީވަމުން ރުސްތުމް ވަނީ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފަަ އެވެ. މީގެ އިތުރުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައިވެސް ރުސްތުމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އިއުތިރާފް ވެފަ އެވެ. 

އޭނާ ކޯޓުގައި ދެ ދައުވާއަށްވެސް އިއުތިރާފް ވުމުން ދައުލަތުން ވަނީ، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ގޮތުގައި އޭނާއަށް 18 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރި ކުށުގެ އަދަބެއްގެ ގޮތުގައި 108 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބުނެފަ އެވެ. 

އެހެން ނަމަވެސް މި މައްސަލަ އާއި ގުޅިގެން އޭނާ ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން އެންމެ ފުރަތަމަ އަމުރު ކުރީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. އެހެން ނަމަވެސް އެ އަމުރު 2020 ވަނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު ވަނީ ބާތިލް ކޮށްފަ އެވެ. 

އެހެން ކަމުން އޭނާ މި މައްސަލައިގެ ތަހުގީގަށް ބަންދުގައި ހުރި މުއްދަތު ކެނޑުމުން އޭނާގެ މައްޗަށް ސާބިތުވި މައްސަލައިގައި ތަންފީޒު ކުރަންޖެހޭ ހުކުމެއް ނޯންނާނެ އެވެ. 

މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އޮންނާނީ އަދަބާއި ބެހޭގޮތުން ވާހަކަދެއްކުމަށް އޮންނަ އަޑުއެހުން ކަމަށެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް