ads
އީސީ--
ޕާޓީތަކުން ހުށަހަޅާ މެމްބަޝިޕް ފޯމުތައް ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި
ޕާޓީތަކުން ހުށަހަޅާ މެމްބަޝިޕް ފޯމުތައް ޕްރޮސެސް ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ، ޕާޓީތަކުން ހުށަހަޅާ މެމްބަޝިޕް ފޯމުތައް ޕްރޮސެސް ކުރުން އިންތިހާބާ ގުޅިގެން މެދުކަނޑާލާފައިވާ ކަމަށެވެ. 

މެމްބަޝިޕް ފޯމުތައް ޕްރޮސެސް ކުރުން އިންތިހާބާ ގުޅިގެން މެދުކަނޑާލި ނަމަވެސް ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިއްމު ފޯމުތައް ބަލައިގަންނާނެ ކަމަށެވެ.  

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ޕާޓީތަކުން ހުށަހަޅާ މެމްބަޝިޕް ފޯމުތައް ޕްރޮސެސް ކުރުން ވަގުތީ ގޮތުން ހުއްޓާލާ ކަމަށެވެ.

އެގޮތުން ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިއްމު ފޯމުތައް އަބަދުވެސް ބަލައިގަންނަކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ ކޮންމެހެން ޕްރޮސެސް ކުރަން ޖެހޭ ފޯމުތަކުގެ ގޮތުގައި ބަލަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުން ނުވަތަ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކު ޕާޓީ ބަދަލުކުރުމާއި ނުވަތަ ކޮންމެވެސް ޒަރޫރީ ހާލަތެއް މެދުވެރިވެގެން ޕާޓީން ވަކިވުމަށް އެދި ހުށަހަޅާ ފޯމުތައް ފަދަ ފޯމުތައް ކަމަށެވެ.

މިހާރު އީސީން ދަނީ އަންނަ އޭޕްރީމް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލު އިންތިހާބަށް ތައްޔާރީތައް ވަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް