ads
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް
2 ބިލިއަން ރުފިޔާ އަށް ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އިންޑިޔާގެ ކުންފުންޏަކަށް
2 ބިލިއަން ރުފިޔާ އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލު ކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިިމިޓެޑާ އެވެ. 

މިކަމުގެ ތަފްސީލް ހާމަކޮށް އިކޮނަމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކުންފުންޏާއި މި މަސައްކަތް ހަވާލު ކުރީ 136،625،386 ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ކަމަށެވެ. 

އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް އެއާޕޯޓް ތަރައްގީ ކޮށް ނިމުމުން ހިދުމަތް ދެވޭނެ ކަމަށާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ތަރައްގީ ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ ރަންވޭ އެއް ތަރައްގީ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

މިނިސްޓްރީން އިތުރަށް ބުނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށާއި، މަަސައްކަތް ނިންމާ އަންނަ އަހަރު އެ އެއާޕޯޓުން ހިދުމަތް ދޭން ފަށާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް