ads
އުރީދޫ ބްރޭންޑަށް ބޮޑު ބަދަލެއް
އުރީދޫއިން އަޕްގްރޭޑް ޔޯ ވޯލްޑް ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި
އުރީދޫ ގްރޫޕު ގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" މިއަދު ރާއްޖޭގައި އިފްތިތާހުކޮށްފި އެވެ.

އުރީދޫގެ އައު ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ، ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގަ އެވެ.

އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމަ އަށް ތަމްސީލްކޮށްދިނުމަށް އެކުންފުނީގެ ބްރޭންޑްއަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ އިފްތިތާހު ކުރި ކުންފުންޏެވެ.

އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާއި ތައާރަފް ކުރާ އައު އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެއް ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި އުރީދޫގެ އައު އައިޑެންޓިޓީ އަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުންއަންނަ ކުރިއެރުމާއި އެއްގޮތައް މަތިން ގެނެވުނު ބަދަލެއް ކަމަށްވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް އުތްމާން ފަހްރޫ ވިދާޅުވީ މިއީ އެންމެން ވެސް އިންތިޒާރުކުރަމުން އައި ވަރަށް އުފާވެރި އާ މަރުހަލާއެއް ކަމަށާއި، މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އައު މަރުހަލާއެއް ކަމަށެވެ.

"މިގޮތުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އުރީދޫގެ ހިދުމަތްތައް ހޯދާ ފަރާތްތަކާއި ހިއްސާ ދާރުންނަށް ލިބޭ މަންފާ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް. އުރީދޫ އިން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވާ އަމާޒަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ކުރިއެރުންކަމަށް ވުމުން، އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"، ވަރަށް ފުރިހަމައަށް މި އަމާޒު ދޭހަކޮށްދޭ." އޭނާ ވިދާޅުވި އެވެ.

އުރީދޫގެ އާ ބްރޭންޑް ލޯގޯ އާއި ޓެގްލައިންވަނީ ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށާއި، އުރީދޫ މޯލްޑިވްސްގެ ފެށުމުން ފެށިގެން ބޮޑެތި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް، އުރީދޫ މޯލްޑިވްސް މިހާރު މިވަނީ މުއާސަލަތީ ހިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭންފަށައިފައި ކަމަށް މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

"އުރީދޫގެ އާ ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" އިން މި ބަދަލުތައް ދައްކުވައިދޭ އަދި ޓެކްނޮލޮޖީއާއި އެކު ހުޅުވިގެންދާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެންގެ ތަސައްވުރު ވަރަށް ރަނގަޅަށް ދޭހަކޮށްދޭ. މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީ+ ނެޓްވޯކް އަދި އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާކޮށް، ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި، ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ." ސީއީއޯ ވިދާޅުވި އެވެ.

"އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ހިދުމަތްތަކާއި ޕެކޭޖްތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންގޮސް، އުރީދޫ އާއި އެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

ފާއިތުވެދިޔަ އަހަރުތަކުގައި، އުރީދޫ ގްރޫޕްގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންވާ ވަރުގަދަ ނެޓްވޯކާއި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ހިންގާ ޓްރާންސްފޮމޭޝަން ޕްރޮގްރާމް އާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިންވެސް ދަނީ ނެޓްވޯކްތަކާއި ޓެކްނޮލޮޖީ އަދި މީހުން އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް