ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
އިންޓަނެޓްގެ އަގު ހެޔޮ ކުރާނީ އަދި ދެ އަހަރު ފަހުން
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް ރައީސް އޮފީހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އަންގައިފިއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް ރައީސް އޮފީހުން މިނިސްޓަރު މަލީހަށް އަންގަވާފައި މިވަނީ، އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް ނިންމައި ރައީސް އޮފީހުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ޕްރޮޕޯސަލާ ގުޅިގެންނެވެެ.

އިންޓަނެޓް އަގު ހެޔޮ ކުރުމާބެހޭ މަސައްކަތް ނިންމާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ރައީސް އޮފީހަށް ޕްރޮޕޯޝަލް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

އެ ޕްރޮޕޯސަލްއަށް ޖަވާބުދީ ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ ޓައިމްލައިންއާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ތަންފީޒުކުރުމަށް އަންގާފައި ވަނީ 2022 ވަނަ އަހަރެވެ. 

އޭގެ އިތުރުން މި ސިޓީގައި ވަނީ މިކަމުގެ މަޝްވަރާތައް ކުރިއަށްދާއިރު  ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސރާ ވެސް މަޝްވަރާ ކުރަން އެދިފަ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ، އައިމިނަތު ޝައުނާ ސޮއި ކުރައްވާ މިމަހުގެ ދިހަ ވަނަ ދުވަހު، މިނިސްޓަރަށް ފޮނުވާފައިވާ ސިޓީ އެކެވެ. މި ސިޓީގައި އިތުރަށްވާ ގޮތުން ވަކި އިންސައްތައަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން އިންޓަނެޓްގެ ހުރިހާ ޕެކޭޖްތަކަކުން ބޭނުންވާ ފަދަ ހެޔޮ ބަދަލެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި އިތުރަށް ބުނީ އިންޓަނެޓްގެ ފެންވަރު މޮނީޓާކުރުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަދާކުރަން ޖެހޭ ދައުރު ހަރުދަނާކޮށް، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެކަންކަން ކުރަމުން އަންނަ ގޮތަށް ރިއާޔަތް ކުރުމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ވެރިކަމުގެ ކުރީކޮޅު އިންޓަނެޓްގެ އަގު ހެޔޮކުރުމަށްޓަަކައި ރާއްޖޭގައި އެ ހިދުމަތް ދޭ ކުންފުނިތަކާއެކު މަޝްވަރާ ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް