ads
ނިއުގެ ކުޅުންތެރިން މަހިބަދޫ މެޗުގެ ކުރިން
ނިއުއަށް މިވަރުން އެއްވަނަ ޑިވިޝަނަށް އެރޭނެތަ؟
ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޮޑު ތަފާތަކުން ކުރީގައި އޮތް ނިއުރޭޑިއަންޓް ފަހު ވަގުތު މަހިބަދޫއާ އެއްވަރު ވެއްޖެއެވެ. ނިއުއާ މަހިބަދޫގެ މެޗު އެއްވަރުވީ ފަސް ލަނޑު ފަސް ލަނޑުންނެވެ.

މި މެޗުގައި މަހިބަދޫން ޖެހި ފަސް ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެއީ ނިއުއިން ފަހެއް ސުމެއްގެ ލީޑެއްގައި އޮއްވައެވެ. ނިއުއަށް މި މެޗުން މޮޅު ނުވެވުމުން ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ އަނެއް ގްރޫޕުން އެއްވަނަ ހޯދި، ބުރު ސްޕޯޓްސްއާއެވެ. ބުރަކީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 

ނިއުއަށް ފުރަތަމަ ހަތަރު މެޗުން މޮޅުވެވުނަސް ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން ރޭގެ މެޗުން އެއްވަރުވީއިރު ކުރިން ކުޅުނު މެޗުންވީ ބައްޔެވެ.

އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނުން އަލުން ފުރުސަތު ހޯދުމަށް ނިއުއަށް ސެމީ ފައިނަލުން މޮޅުވުން މަޖުބޫރެވެ. ސެމީ މޮޅުވެ ފައިނަލަށް ދެ ޓީމު، އަންނަ ސީޒަނުގައި އެއްވަނަ ޑިވިޝަނުން ފުރުސަތު ހޯދަން، މި ސީޒަންގެ ލީގުން ފުލަށް ދިޔަ ދެ ޓީމާއެކު އަދި އެއްބުރު ކުޅެން ޖެހޭނެއެވެ. އެހެންކަމުން ނިއުއިން މި ފަހުން ދެ މެޗުގައި ދެއްކި ނަތީޖާއާއެކު ނިއުއަށް އަލުން އެއްވަނަ ޑިވިޝަނަށް އެރިދާނެތޯ މިހާރުވަނީ ސަޕޯޓަރުންގެ ހިތުގައި ސުވާލު އުފެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް