ads
އަލަމްގީރް ފިޔަވައި ކުށުގެ ތުހުމަތުވާ އެންމެންވަނީ މިހާރު ދޫކޮށްލާފައި
3 މީހުން ދޫކޮށްލީ ބަންދުގައި ތިބޭ ވަރު ކުށަކަށް އެއްޖިންސުން ގުޅުން ހިންގުން ނުވާތީ
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކުރަން ޕީޖީ އޮފީހަށް، ފުލުހުން ފޮނުވާފައިވާ ދެ މީހުން ހިމެނޭހެން އެމައްސަލާގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލީ، ކުށުގެ ބާވަތުން ބަންދުގައި ބެހައްޓާވަރު ބަޔަކަށް އެމީހުން ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކުރި އެވެ.

ނަމަވެސް ދައުވާކުރުމާއި ހަމަޔަށް ދިއުމުގެ ކުރިން ނާޝިދު ހުރީ ދޫކޮށްލާފަ އެވެ. އޭގެފަހުން ބަންދުގައި ތިބި އަލަމްގީރާއި، ނާޒިމް އަދި ރަފީއުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން، ދައުވާކުރުމަށް ފީޖީ އޮފީހަށް ފުލުހުން މިމަހުގެ ނުވަވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

މިހާރު އެމައްސަލާގައި ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ހުރީ އަލަމްގީރް އެކަންޏެވެ. އެހެން އެންމެން ވަނީ ދޫކޮށްލާފަ އެވެ.

އިއްޔެ ފުލުހުން ސީއެންއެމްއަށް ބުނީ، އެމީހުން ދޫކޮށްލީ ދައުވާކުރުމަށްފަހު އިތުރަށް ބަންދުގައި ބައިތިއްްބަން ޕީޖީ އޮފީހަށް ނުފެނުމުން ކަމަށެވެ.

އެމީހުން ބަންދުކުރުމަށް ނުފެންނަ ކަމަށް ނިންމި ސަބަބާއި ބެހޭގޮތުން “ސީއެންއެމް”އިން މިއަދު ސުވާލުކުރުމުން ޕީޖީ އޮފީހުން ބުނީ، އެގޮތަށް ނިންމީ ކުށުގެ ބާވަތުން އެއީ ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށެއް ކަމަށް ނުވުމުން ކަމަށެވެ.

“ކުށުގެ ބާވަތުން އެއީ ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށަކަށް ނުވާތީ. ހައްޔަރުގައި ބެހެއްޓޭނެ ކަމަށް ގާނޫނު ބުނާ ކުށުގެ ބާވަތަށް އެކުށެއް ނުފެތޭ،” ޕީޖީ އޮފީހުން ބުންޏެވެ.

ނަމަވެެސް ބަންދުން ދޫކޮށްލާފައިވާނީ އެމީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަން ޔަގީންކުރުމަށް ފަހު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަލަމްގީރުގެ ކުށުގެ ބާވަތް ތަފާތުވާ ގޮތެއް ބުނެނުދިން

ކުށުގެ ބާވަތުން ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ކުށަކަށް ނުވެގެން ތުހުމަތުވާ ތިން މީހަކު ދޫކޮށްލިއިރު، އަލަމްގީރް ބަންދުގައި ބަހެއްޓީ ކީއްްވެތޯ ސުވާލުކުރުމުން ބުނީ އޭނާގެ ހާލަތު ތަފާތު ކަމަށެވެ.

އޭނާ ބަންދުގައި ބެހެއްޓޭ ހާލަތު ތަފާތުވަނީ ކިހިނެތްތޯ ސުވާލުކުރުމުން ބުނީ، އެކަމަށް ޖަވާބު ދޭން އުޒުރުވެރިވާ ކަމަށެވެ.

“އަލަމްގީރް ބަޔަށް އަދި ވަކި ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫން،”ޕީޖީ އޮފީހުން ބުންޏެވެ.

އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން މީގެ ކުރިން ބުނެފަވެ އެވެ. އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި،ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

18%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް