ads
މާލޭ ސިޓީގެ ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށަހަޅައިފި
ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލު އިންތިހާބުގައި މާލޭ ސިޓީއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތްތައް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށަހަޅުއްވަން ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައި ހުރިހާ ކެންޑިޑޭޓުން އެކުގަ ކަމަށްވެ އެވެ. 

އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ބައިވެރިވެވަޑައިގަތް ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ އަނަސް އަބްދުއްސައްތާރެވެ. 

އޭގެ އިތުރުން ސިޓީ ކައުންސިލުގެ މިހާރުގެ މެމްބަރުންގެ ތެރެއިން ޕްރައިމަރީ ކާމިޔާބު ކުރެވިފައި ވަނީ މަދު މެމްބަރުންތަކަކަށެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެ އެވެ. މި އިންތިހާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ޤާނޫނަށް ގެނައި އިސްލާހާއި އެކު މޭޔަރުންނާއި ކައުންސިލަރުންނަށްވަނީ ބޮޑެތި ޒިންމާތަކެއް މަތިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް