ފޯނު ޖަހައިގަތް ފަހުން ނަޝީދުގެ ފުރަތަމަ ޕްރެސް މާދަމާ
14 އޯގަސްޓް 2022 - 19:22:04
އިގިރޭސިވިލާތުގައި އުޅުއްވަނިކޮށް މޯބައިލް ފޯނު ޖަހައިގަތް ފަހުން ފުރަތަމަ ފަހަރަށް ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލު ކުރައްވަން ހަމަ ޖެހިއްޖެއެވެ.
މާދަމާ މެންދުރު ކުރީ ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވާނީ އެމްޑީޕީ އޮފީހުގައި އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުންނެވެ. މިއީ ރާއްޖޭން ބޭރުގައި އުޅުއްވަނިކޮށް އެ މަނިކުފާނުގެ މޯބައިލް ފޯނު ޖަހައިގަތް ފަހުން އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ރަސްމީ ދަތުރުފުޅުތަކަކާއި ޗުއްޓީއަކަށް ފަހު ރާއްޖޭން ބޭރުގައި އުޅުއްވާފައި ރައީސް ނަޝީދު އެނބުރި ރާއްޖެވަޑައިގެންނެވީ މިއަދުއެވެ.
މާދަމާ ހެނދުނު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވާއިރު، މި ދިޔަ ހަފްތާ ތެރޭ ރައީސް ޔާމީންވެސްވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފާއެވެ. ރައީސް ނަޝީދަކީ އަބަދުވެސް ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަމުން އައި ބޭފުޅެއް ނަމަވެސް ރައީސް ޔާމީނަކީ އެއް އިރަކުވެސް ނޫސްވެރިންނާ މާ ގާތް ބޭފުޅެއް ނޫނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް