ads
ނިއުގެ ކުޅުންތެރިން މިއަދުގެ މެޗަށް ފަހު
ނިއުއަކަށްވެސް ނުވި، ފައިނަލަށް ނުގޮސް ކަޓައިފި
ސަސްޕެންޝަނަށް ފަހު އެނބުރި އައިސް، އަލުން އެއްވަނަ ޑިވިޝަނަށް އަރަން ނިއުއިން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. ނިއުވަނީ ދެވަނަ ޑިވިޝަންގެ ސެމީގައި މިއަދު ހަވީރު ބުރު އަތުން ބަލިވެފައެވެ.

ސެމީ ފައިނަލް މެޗު އެކެއް އެކަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ނިއު މިއަދު ހަވީރު ބަލިވިއިރު، ނިއުއާއެކު ސަސްޕެންޝުން ވީއްލި އަލުން އެނބުރި އައި ވިކްޓްރީއަށްވެސް ދިމާވީ ނާކާމިޔާބު ގޮތެކެވެ. ވިކްޓްރީއަށް ސެމީއަށްވެސް ނުދެވުނެވެ.

ބުރު އަތުން ނިއު މިއަދު ހަވީރު ބަލިވީ ހަތަރު ލަނޑު ތިން ލަނޑުންނެވެ. އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވެފައިވާއިރު އޭގެ ކުރީ މެޗުން ނިއުވީ ބައްޔެވެ. މިއަދުގެ މެޗުން ބަލިވުމާއެކު ނިއުއަށް މިއަހަރުގެ ފުޓްބޯޅަ މި ނިމުނީ މޮޅުނުވެ ޖެހިޖެހިގެން ތިން މެޗާއެކުއެވެ. އެއްވަނަ ޑިވިޝަނަށް އަލުން އެނބުރި އަންނަން ނިއު ޖެހޭނީ އަންނަ އަހަރު އަނެއްކާވެސް ދެވަނަ ޑިވިޝަން ކުޅޭށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް