ads
ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖެ އައި ސްޕެއިންގެ ނޫސްވެރިން -އެމްއެމްޕީއާރުސީ
ސްޕެއިންގެ ނޫސްވެރިން ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖެއަށް
ސްޕެއިންގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ދައުވަތަކަށް އެގައުމުގެ ނޫސްވެރިން ރާއްޖެ އައިސްފި އެވެ.

އެމްއެމްޕީއާރްސީން ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ރާއްޖެ އައި ސްޕެއިންގެ ނޫސްވެރިންގެ ޓީމްގައި ސްޕެއިންގެ މަޝްހޫރު ޓްރެވަލް ނޫސްތަކާއި ޗެނަލްތައް ކަމަށްވާ ދެވިއަހެސް، މީޓް އިން، އެލް ޕެރިއޮދިކޯ، ސިންކޯ ވިއަހް އަދި ލަވަންގުއާދިއާގެ ނޫސްވެރިން ހިމެނެ އެވެ.

ސްޕެއިންގެ ނޫސްވެރިންގެ ޓީމް ރާއްޖޭގައި ފަސް ދުވަސް ހޭދަކުރާނެ އެވެ. މި ފަސް ދުވަހުގެ ތެރޭގައި އެ ޓީމުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު އުފެއްދުންތައް ތަޖުރިބާ ކުރާނެ އެވެ.

މިގޮތުން ލޯކަލް ޓޫރިޒަމް ތަޖުރިބާކޮށްލުމަށް ކ. ގުރައިދޫއަށް ޒިޔާރަތްކޮށް އެތަނުގައި އެއް ރޭ ހޭދަކުރާނެ އެވެ. ގުރައިދޫގައި މި ޓީމުން މަޑުކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫ ޕާމް އިން ގައެވެ. ގުރައިދޫގައި ދިވެހިންގެ އާންމު ދިރިއުޅުން ނޫސްވެރިން ތަޖުރިބާކޮށްލުމަށް ތަފާތު ހަރަކާތްތައް ސީކްރެޓް ޕެރަޑައިޒް އިން ވަނީ ރާވާފަ އެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި ހޭދަ ކުރާ ދުވަސްތަކުގައި ރިސޯޓްތަކަށް ހާއްސަ ތަފާތު ހިދުމަތްތަކާއި ކެއުންތައް ސްޕެއިންގެ ނޫސްވެރިން ތަޖުރިބާކުރާނެ އެވެ.

ސްޕެއިން އަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. ފާއިތުވި 2019 ވަނަ އަހަރު ސްޕެއިނުން ރާއްޖެ 36،064 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 13.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ސްޕެއިންގެ މާކެޓް އިތުރަށް ފުޅާކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޖެނުއަރީ މަހު ރާއްޖެއިން ވަނީ ސްޕެއިންގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ވިޔަފާރި ފެއާގައި ވެސް ބައިވެރިވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް