ads
އިމިގްރޭޝަން މޯލްޑިވްސް
ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ޕާސްޕޯޓު ހެދުމުގެ ހިދުމަތް މެދުކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ ޕާސްޕޯޓު ހެދުމުގެ ހިދުމަށް ވަގުތީގޮތުން މެދުކެނޑިފައި ވާކަމަށް، އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަން އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ އިދާރާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ޕާސްޕޯޓުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑިފައި ވާކަމަށެވެ. 

އަދި މި މައްސަލަ ހައްލުކޮށް، އަލުން ހިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 ން ފެށިގެން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެއިދާރާއިން ވަނީ މާފަށް އެދިފަ އެވެ. 

ޕާސްޕޯޓުގެ ހިދުމަތް ދިނުން ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މެދުކެނޑިފައި ވާއިރު، ދިމާވީ ކޮން މައްސަލައެއް ކަމެއް އިމިގްރޭޝަން އިން ހާމަކޮށްފައި ނުވެ އެވެ. 

މީގެ ކުރިން ޕާސްޕޯޓު ހަދާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 600 އަށްވުރެ އިތުރުވިނަމަވެސް މިހާރު އެ އަދަދުތައް ވަނީ ބޮޑުތަނުން މަދުވެފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް