ads
ރައީސް ނަޝީދު: ފޮޓޯ--- ދިޔަރެސް
ރައީސް ސޯލިހުގެ 4 ގަނޑު ފޮޓޯގެ ވާހަކަ ދައްކަން ރައީސް ނަޝީދަށް ކެރިވަޑައިނުގެންނެވި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއި އެކު ޒިނޭ ކުރައްވާ މަންޒަރު ފެންނަ ފޮޓޯ ތަކެއް އެމަނިކުފާނަށް ލިބިފައި ވާކަމަށް ބުނެ ރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަން ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެ ހޫނުގަނޑުގެ ތެރޭ ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯ ތަކެއް އެމަނިކުފާނަށް ލިބިފައި ވާކަމަށް ވިދާޅުވެފަ އެވެ. 

އޭގެ ފަހުން އެމަނިކުފާނު އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއް ތެރޭ އިންނަވަނިކޮށް އެމަނިކުފާނުގެ ފޯނު މީހަކު ފޭރިގަތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

މިކަމާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އާއި ނޫސްވެރިން ކުރިމަތި ކުރެއްވި ސުވާލުތަކާއި ގުޅިގެން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ދެއްކި ވާހަކަތަކުގެ ބަސްތަށް ގުޅިފައިވަނީ، އެވަގުތު ހިނގަމުން ދިޔަ ވަރަށް ހައްސާސް ކަންތައްތަކަކާއި ގުޅިގެން ކަމަށެވެ. 

އަދި ބަޔަކު މީހުން ދިޔައީ އިންތިޒާމްވެގެން، އޮރިޔާން ފޮޓޯ އުފައްދާ އެތަކެތި ބޭނުން ކޮށްގެން އެތައް ބައެއް ރަހީނު ކޮށް އެތައް ބައެއް އަތުން ފައިސާ ނަގަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމަކީ ނިޒާމާއި ގުޅޭ ގޮތުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމުން އެ ސުވާލުތަކަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދުގެ ފޯނު ވަގަށް ނެގި މައްސަލައަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިއީ އައިފޯނު ޒަމާން ކަމަށާއި، ކުރިން ހުރި ފޯނުގައި ހުރި ހުރިހާއެއްޗެއް އައު ފޯނުގައި މިހާރު ހުންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް