ads
ހުނޭ
ހުނޭ ދޫކޮށްލުން ގޯސް، ހުނޭ ބަންދުކުރަން ޖެހޭ: ހައިކޯޓު
ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ ދޫކޮށްލި ޓިކްޓޮކް ތަރި ހުނޭސާ އާދަމް ދޫކޮށްލަން ކްރިމިނަލް ކޯޓުނ ނިންމި ނިންމުން ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ ފަންސަވީސްވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލުމާއި އެކު ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމާފައިވަނީ ހުނޫ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްފައެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުށުގެ ވެށްޓާއި ހުނޭސާ އާދަމް ނަސީރުއާ ގުޅުމެއް އޮތް ކަމަށް ބެލެވިދާނެ ކަންކަން ހުރިއިރު، އެތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދުކުރާ ކޮތަޅުތައް ހުރިކަން ފާހަގަކުރެވޭ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި ޓްރެފިކް ކުރުންކަމަށާއި އަދި ޓްރެފިކިންގ މިންގަނޑަށް އަރާ ތިން ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވޭ

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާކޮށްފައިވެ އެވެ. ދައުލަތުން ހުނެއިޝާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އިތުރު ފިރިހެނަކާއި ދެމީހުންތިބި މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ އާއި ގުޅިގެން ހުނެއިޝާ އާއި އެކު އެގޭގައި ދެން އިން ފިރިހެން މީހާގެ މައްޗަށްވެސް ވަނީ މިފަދަ ދައުވާތަކެއް ކޮށްފަ އެވެ.

މަސްތުވާތަކެތީގެ ގާނޫނުގައި ބުނެފައިވާގޮތުން ޑައިމޯފިން ޓްރެފިކް ކުރުމާއި، ކެނަބިސް ޓްރެފިކް ކުރުމަކި ބޮޑެތި އަދަބުތައް ލިބޭ ކުށެކެވެ. ހިނގަމުންދާ މައްސަލަތައް ހުނޭގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާ އުމުރަށް ޖަލަށްލުމަކީ އެކަށީގެންވާކަމެކެވެ.

38%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް