ads
ރައީސް އިބްރާހިމް މުހައްދު ސާލިހް
ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ރައީސް އެދިވަޑައިގެންފި
ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރު އަނބުރާ ގެންދެވުމަށް ރައީސް ނަޝީދުގެ އަރިހުން ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ މިއަދު ފޯނު މެދުވެރިކޮށް ރާއްޖެ ޓީވީއަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.

ރާއްޖެ ޓީވީއަށް ފޯނުން ދެއްވި އިންޓަވޔުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަންވީ ވަގުތު ނޫން ކަމަށެވެ. 

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅަން އެމްޑީޕީގެ ކޮންގްރެސްއިން ވެސް ތާއިދު ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންކަމުން އެ ގަރާރު އަނބުރާ ގެންދެވުމަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގަރާރު އަނބުރާ ގެންދެވުމަށް ރައީސް ސާލިހު މިއަދު އިލްތިމާސް ކުރެއްވިއިރު، ރައީސް ނަޝީދުވަނީ ބަރުލަމާނީ ކެމްޕެއިން ފަށްޓަވާފައެވެ. އެހެންނަމަވެސް ސިޔާސީ ލީޑަރުން މިހާރުވެސް އެ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވަން ފަށްޓަވައިފިއެވެ.

މިހާތަނަށް ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲއާއި، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްއެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް