ads
ނޫސްވެރިޔާ ނަސީރު
ނޫސްވެރިޔާ ނަސީރުގެ ބަންދު މުއްދަތު އިތުރުކޮށްފި
އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމް އިތުރު ތިން ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ނޫސްވެރިޔާ ނަސީރު އެންމެ ފުރަތަމަ ބަންދު ކުރީ ދިހަ ދުވަހަށެވެ. އެ މުއްދަތު ހަމަވެގެން އަލުން ކޯޓަށް ގެންދިޔުމުން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭނާ އިތުރު ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށެވެ. އަދި ތިން ދުވަސް ތެރޭ ނަސީރުގެ ތަހުގީގާ ގުޅިގެން ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމާ ނިންމުމެއް ޝަރީއަތަށް ހުށަހަޅަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ. 

އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންވަނީ މިހާރު ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހިމެނެއެވެ. ނާޒިމާ އަދި އެހެން ބައެއް މީހުން ދޫކޮށްލި މައްސަލައިގައި އެތައް ބަޔަކު އަންނަނީ ސަރުކާރާ ޕީޖީއަށް ފާޑު ކިޔަމުންނެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް