ads
ގުޖުރާތު، އިންޑިޔާ
އިންޑިޔާގައި މުސްލިމް އަންހެނެއް ރޭޕްކުރި 11 ހިންދޫއަކު މިނިވަން ކޮށްފި
މުސްލިމް އަންހެނަކު ގޭންގު ރޭޕްކުރި މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ 11 ހިންދޫއަކު އިންޑިޔާއިން މިނިވަން ކޮށްފިއެވެ.

އިންޑިޔާގެ ގުޖުރާތުގައި 2002 ވަނަ އަހަރު އެގައުމުގެ ހައްދު ފަހަނަ އަޅާފައިވާ ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިންގި އެންމެ ބޮޑު އެއް ޖަރީމާގެ ތެރޭގައި ހިނގައިދިޔަ މިހާދިސާގައި އަނިޔާ ލިބުނު މުސްލިމު އަންހެން މީހާ ރޭޕްކުރިއިރު ހުރީ ބަނޑުބޮޑު ހާލަތުގައެވެ. މިއަނިޔާވެރި ޖަރީމާގެ ތެރޭގައި ހިންދޫން ހިމެނޭހެން 1000 މީހުން މަރުވިއެވެ. ގިނައިން މަރުވެފައިވަނީ މުސްލިމުންނެވެ.

ހައްދު ފަހަނައެޅި ހިންދޫ 11 މީހުންނަކީ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިތިބި ބައެކެވެ. އެމީހުން މިނިވަން މިކުރީ، އެގައުމަށް މިނިވަންކަން ލިބުނުތާ 75 އަހަރު ފުރުން ފާހަގަކުރުމާ ގުޅުވައިގެން ޖަލުގައި ރަނގަޅަށް އުޅޭ ގައިދީން މިނިވަން ކުރުމުގެ ތެރެއިން ކަމުގައި ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

އަންހެން މީހާގެ ފިރިމީހާއާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހައްދު ފަހަނަ އެޅި 11 މީހުން މިނިވަން ކުރިކަން އެއާއިލާއަށް އެނގުނީ މީޑިއާއިންނެވެ. އާއިލާގެ ގިނަ އަދަދެއްގެ މީހުންވެސް މަރުވި އެ ހާދިސާއާ ގުޅޭ ހައްދު ފަހަނަ އެޅި 11 މީހުން މިނިވަންކުރި ޚަބަރުން މުޅި އެއާއިލާ ތިބީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް