ads
ފުލެޓް ތެރޭގައި އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ދެ މީހުން
ހިޔާ ފުލެޓެއް ތެރޭ އެއްޖިންސުން ގުޅުން ހިންގަން ތިބި ބައެއްގެ ވީޑިއޯ އާންމުވެއްޖެ
ހުޅުމާލޭ ހިޔާ ފުލެޓެއްގެ ތެރޭގައި އެއްޖިންސުން ދެ ފިރިހެނުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ފޭސްބުކްގައި އާއްމުވެއްޖެ އެވެ.

ދާދި ދެންމެއަކު ފޭސްބުކްގަައި އަންހެނަކު ވަނީ ބަޔަކު އެއްޖިންސުން ގުޅުން ހިންގަން ތިއްބާ ވީޑިއޯ އެއް ހިއްސާ ކޮށްފަ އެވެ. 

ފޭސްބުކް ލައިވް އިން ފެންނަ ގޮތުގައި ދެ ފިރިހެނުން ފުލެޓެއްގެ ތެރޭ ތިބެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެމީހުން ތަންކޮޅެއް އެތެރެއަށް ވަންނަ މަންޒަރު ފެނެ އެވެ. 

ވީޑިއޯ ލައިވް ކުރަމުން ދިޔަ އިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ބުނެފަ އެވެ. 

އޭގެ ފަހުން އަންހެން މީހާ ކުރި ލައިވްގައި ފެނިގެން ދަނީ، އެ ފުލެޓު ތެރެއަށް ފުލުހުން ވަދެ ހަރަކާތްތެރިވާ މަންޒަރު ފެނިގެންދެ އެވެ. އަދި އެ ދެމީހުން ވެސް ފުލެޓު ތެރޭ ތިބި މަންޒަރު ފެނިގެންދެ އެވެ. 

މިހާރުވެސް އެ ފުލެޓު ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މިކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުން ރަސްމީކޮށް މިކަމާއި ގުޅިގެން މައުލޫމާތު ހިއްސާ ކޮށްފައި ނުވެ އެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް