ads
ހޯރަފުށި-- ފޮޓޯ:އަވަސް
ހޯރަފުށީގައި ވެލްޑިންގ މަސައްކަތް ކުރަންހުރި މީހެއްގެ ގައިގާ ރޯވެ ފިހިއްޖެ
ހއ.ހޯރަފުށީގައި ވެލްޑިންގ މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގައިގާ އަލިފާންރޯވެ ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މިހާދިސާގައި އަނިޔާ ލިބިފައިވަނީ ހއ.ހޯރަފުށީ ސެގޯފާ އަޙްމަދު މޫސާ ކަމުގައި މަޢްލޫމާތު ލިބެއެވެ. ރެސިން ހުސްކުރި 2 ފީފާއެއްގެ މަތީގައި ދަގަނޑު ގަނޑެއް ބާއްވައިގެން ވެލްޑިންގ ކުރަމުން ދަނިކޮށް ހިނގި މިހާދިސާގައި، އެތަނުން އެއް ފީފާ ގޮވިކަމަށް މަޢްލޫމާތު ލިބެއެވެ. ހޯރަފުށީ ކައުންސިލް މެންބަރު އަހްމަދު އިމްދާހު ވިދާޅުވި ގޮތުގައި ފީފާ ވަރަށް ބޮޑަށް ގޮވިކަމަށާ، އޭގެ އަޑު ވަރަށް ބޮޑަށް ރަށު ތެރެއަށްވެސް އިވުނު ކަމަށެވެ. ފީފާ ގޮވައިގެން އުފެދުނު އަލިފާނުން އަޙްމަދު މޫސާގެ ގައިގެ ގަމީހާ ފަޓްލޫނުގައިވެސް ހުޅު ހިފިއެވެ. ހޯރަފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިރޭގެ ވަގުތެއްގައި އަޙްމަދު މޫސާވަނީ ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް