ads
އިންޑިއާގެ އަސްކަރިއްޔާގެ އަންހެނުންތަކެއް އުފާފާޅުކުރަނީ
އިންޑިއާ އަސްކަރިއްޔާގައި ރިޓަޔާ ވަންދެން އަންހެނުންނަށް މަސައްކަތް ކުރެވޭނެ!
އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ހޯމަ ދުވަހު އަންހެނުންނަށް ރިޓަޔާ ވަންދެން އަސްކަރިއްޔާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފަ އެވެ.

2010 ވަނަ އަހަރު ދިއްލީގެ ހައިކޯޓުން އަންހެނުންނަށް ވެސް ރިޓަޔާމެންޓާއި ހަމައަށް އަސްކަރިއްޔާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް އިއްވާފައި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އިއްވި ހުކުމް ބަލައިގަނެ އަމަލުކުރުމަށް އިންޑިއާ ސަރުކާރަށް ވަނީ ތިން މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. 

މި ބަދަލާއި އެކު އިންޑިއާ އަސްކަރިއްޔާގެ ކާނަލްގެ މާގަމަށް އިސްވެ 850 މީހުންގެ ލަޝްކަރުގެ އެންމެ އިސްވެރިއަކަށް ވުމުގެ ފުރުސަތު ވެސް އިންޑިއާ އަސްކަރިއްޔާގެ އަންހެން އޮފިސަރުންނަށް ލިބިގެންދާނެ އެވެ. އަދި ހަމަ ބްރިގޭޑީއާ ޖެނެރަލް، މޭޖަރ ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް އަދި ޗީފް އޮފް އާމީ ސްޓާފްގެ މާގާމު ފުރުމުގެ ފުރުސަތުވެސް އަންހެން އޮފިސަރުންނަށް ލިބިގެންދާނެ އެވެ.

ސުޕްރީމް ކޯޓުން ވަނީ މީގެކުރިން ނުވަ އަހަރު ކުރިން ދިއްލީގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް މައި ސަރުކާރުން އަމަލުނުކުރާތީ އެކަންވެސް ހުކުމްގައި ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް