ads
ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒް ޝިޕް
ކަރަންޓީން ކޮށްފައިވާ ކްރޫޒް ޝިޕްގެ ހުރިހާ އެންމެން ކޮރޯނާއަށް ޓެސްޓްކޮށްފި
ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒް ޝިޕްގައި ތިބި ހުރިހާ މީހުން ކޮރޯނާ ވައިރަހަށް ޓެސްޓްކޮށްފައިވާ ޖަޕާނުން ބުނެފި އެވެ.

ޖަޕާންގެ ހެލްތު މިނިސްޓަރު ކަޓްސުނޮބު ކަޓޯ ވަނީ ޓެސްޓްގެ ނަތީޖާތައް ލިބުމުން ވައިރަހަށް ޕޮޒިޓިވް ނުވާ މީހުން ކްރޫޒް ޝިޕް ދޫކޮށް ދިއުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. 

ކަޓޯ ވިދާޅުވީ ހުރިހާ ޓެސްޓެއްގެ ނަތީޖާތައް ލިބުމަށް ނަގާނީ ދެތިން ދުވަސް ކަމަށެވެ. އެހެންނަމަވެސް ވައިރަހަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ ތެރެއިން މީހަކާއި ކައިރިވެފައިވާނަމަ އެ މީހެއް ބަލި ޖެހިފައިވާ މީހާއާއި ކައިރިވެފައިވާ ދުވަހުން ފެށިގެން އަލުން ކަރަންޓީން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ކުރޫޒް ޝިޕްގައި ތިބި ހުރިހާ ޕަސެންޖަރުން ދިއުމުން، ބޯޓުގެ ފަޅުވެރިން އަލުން ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖަޕާން ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކްރޫޒް ޝިޕްގައި ތިބި މީހުންގެ ތެރެއިން އެމެރިކާ، ކެނަޑާ، ހޮންގްކޮންގް އަދި އޮސްޓްރޭލިއާގެ ރައްޔިތުން އެ ގައުމު ތަކުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. ދެކުނު ކޮރިއާއިން ވެސް ވަނީ ކްރޫޒް ޝިޕްގައި ތިބި އެގައުމުގެ 14 ރައްޔިތުންގެ ތެރެއިން ހަތަރު ރައްޔިތުން އަންގާރަ ދުވަހު ގައުމަށް ގެންގޮސްފަ އެވެ. ކުރޫޒް ޝިޕްގައި ތިބި ދެކުނު ކޮރެއާގެ އިތުރު 10 ރައްޔިތުން ދިރިއުޅެމުން ދަނީ ޖަޕާނުގައި ކަމުން އެ މީހުން ވަނީ ކޮރެއާއަށް އަށް ނުގޮސް ޖަޕާންގައި މަޑުކޮށްފަ އެވެ.

ކްރޫޒް ޝިޕްގައި ތިބި ބައެއް މީހުން އެ މީހުންގެ ގައުމަށް އަނބުރާ ގެންދިޔަ ނަމަވެސް އެ ގައުމުތަކުން ވަނީ އެމީހުން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް