ads
ކާނިވާ ސަރަހައްދުގައި ސިޓީ ކައުންސިލް މުވައްޒަފެއް
ޕީޕީއެމް ޖަލްސާ ރެޑީކުރަން ސިޓީ ކައުންސިލްގެ މުވައްޒަފުން؟
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޢަބްދުﷲ ޔާމީނަށް ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ތަން ތައްޔާރުކުރުމުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ބޭނުން ކުރަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފިއެވެ.

ޕީޕީއެމުން މިރޭ ބާއްވާ "ހަވާލޭ ވަތަން" ޖަލްސާއަށް ތަން ތައްޔާރުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ބޭނުން ކުރާ ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ބައެއް ފޮޓޯތަކުގައި ފެންނަނީ ސިޓީ ކައުންސިލްގެ ނޫ ކުލައިގެ ޓީޝާޓު ލައިގެން ތިބި މީހުން ކާނިވާ ސްޓޭޖު ކައިރީ ގާ އަތުރަމުންދާ މަންޒަރެވެ. އެހެންނަމަވެސް އެއީ ޖަލްސާއަށް ތަން ތައްޔާރުކުރަނީ ކަމެއް ނުވަތަ ސިޓީ ކައުންސިލުން އާއްމުކޮށް ބަލަހައްޓާ ސަރަހައްދެއް ކަމުން އާއްމު އުސޫލުން އެކަން ކުރަނީ ކަމެއް ސާފެއް ނޫނެވެ. މި މައްސަލައިގައި ޕީޕީއެމުންވެސް ސިޓީ ކައުންސިލުންވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. 

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ބޭނުންކޮށްގެން ޕީޕީއެމް ޖަލްސާއަށް ތަން ތައްޔާރު ކުރަމުން އަންނަކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރިއިރު، ސިޓީ ކައުންސިލްގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ ޕީޕީއެމުންނެވެ. މޭޔަރު އަދި ޑެޕިއުޓީ މޭޔަރަކީވެސް ޕީޕީއެމްގެ މެންބަރުންނެވެ. 

ހަވާލޭ ވަތަން ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަަށްދާ ގޮތް ބައްލަވައި ލެއްވުމަށް ރައީސް ޔާމީން މިއަދު ހަވީރުވަނީ ކާނިވާ ސަރަހައްދަށް ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް