ads
ބީއެމްއެލް އިސްލާމިކް ފައިނޭންސްގެ އިޝްތިހާރެއް
ބީއެމްއެލް އިސްލާމިކް އިން މަހުން މަހަށް ފައިސާ ދައްކައިގެން މުދާ ގަނެވޭ
ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސްގެ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން މަހުން މަހަށް ފައިސާ ދައްކައިގެން މުދާ ގަތުމުގެ ފުރުސަރު ބީއެމްއެލް އިން ހުޅުވާލައިފި އެވެ.

ތިން ކެޓަގަރީއަކަށް ބާހަލާފައިވާ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގައި ހިމެނެނީ، ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ، ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން (މައިކްރޯ)، ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން (ލައިފްސްޓައިލް) އެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން އެކި ފިހާރަތަކުން ގަންނަ މުދާ ހިމަނައިގެން 20،000 ރުފިޔާ އާއި 300،000 ރުފިޔާ އާއ ދެމެދުގެ މުދާ ނެގޭނެ އެވެ. އަދި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން (މައިކްރޯ)ގައި 25،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭ އިރު، ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގް (ލައިފްސްޓައިލް) އިން 25،000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދެމެދުގު މުދާ ނެގޭނެ އެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން އެއް ދުވަހުގެ ތެރޭގައި ފައިނޭންސް ހަމަޖެހިގެން ދާނެ އެވެ. އަދި މިގޮތަށް މުދާ ގަންނައިރު، ރަހުނެއް އަދި ގެރެންޓީއެއް ބޭނުންނުވާއިރު ފައިސާ އަނބުރާ ދައްކާ ހަލާސް ކުރުމަށް ފަސް އަހަރުގެ މުއްދަތެއް ލިބިގެން ދެއެވެ.

މި ސްކީމްގެ ދަށުން މުދާ ގަތުމުގެ ފުރުސަތު 18 އަހަރާއި 60 އަހަރާއި ދެމެދުގެ ބޭފުޅުންނަށް ލިބިގެން ދާނެ އެވެ. ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން މުދާ ނެގޭނީ މަދުވެގެން އެއް ހަހަރު ދުވަހު ވަޒީފާގައި އުޅެ މިހާރު އޫޅޭ ވަޒީފާގައި ހަމަސް ދުވަސް ވެފައުވާ ފަރާތްތަކަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގް (މައިކްރޯ) އަކީ ވާޒީފާއެއްގައި ނޫޅޭ، އެހެންނަމަވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ހާއްސަކޮށް ހަދާފައިވާ ކެޓަގަރީ އެކެވެ. އެހެންނަމަވެސް ލިބޭ އާމްދަނީ ބީއެމްއެލް މެދުވެރިކޮށް ދައުރު ނުކުރާނަމަ ގެރެންޓީއެއް ބޭނުންވާނެ އެވެ. އަދި މި ކެޓަގަރީގެ ދަށުން ނެގޭ މުދަލަކީ ވިޔަފާރިއަކަށް ނެގޭ މުދާ ނަމަ އެ ވިޔަފާރި ވާން ވާނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި އަކަށެވެ.  

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގް (ލައިފްސްޓައިލް) އަކީ ތަން ނުވަތަ ބިން ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކަށް ހާއްސަކޮށް ހަދާފައިވާ ކެޓަގަރީ އެކެވެ. މި ކެޓަގަރީގެ ދަށުން މުދާ ނަގަން ބޭނުންވާނަމަ މުދާ ނަގަން ބޭނުންވާ ފަރާތްތަކަށް ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު ކުލި ދައުރު ވެފައި ވާން ޖެހޭނީ ބީއެމްއެލް އެކައުންޓަކަށެވެ.

ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނެއް ނަގައި ދައްކާ ހަލާސްކޮށްފައި ނުވާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ދަށުން މުދާ ނުގަނެވޭނެ އެވެ. އެހެން ނަމަވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގް (މައިކްރޯ) އަދި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގް (ލައިފްސްޓައިލް)ގެ ދަށުން މުދާ ނެގުމުގެ ފުރުސަތު އެފަދަ ބޭފުޅުންނަށް ވެސް ލިބިފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް