ads
ރައީސް ޔާމީން
އަދުގެ ޒުވާނުންނަށް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލެވެފަ: ރައީސް ޔާމީން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑު އިހުމާލެއްވީ ޒުވާނުންނަށް ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މި އަންނަ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް، ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓު އެރުވުމަށް ބާއްވާ "ހަވާލޭ ވަތަން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ދިވެހި ރާއްޖޭގެ އިންޖީނަކީ ޒުވާނުން ކަމަށާއި، ރާއްޖޭގެ އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަކީ ޒުވާނުން ކަމަށް ވިދާޅުވެފަ އެވެ. 

އަދި ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ ފަރާތްތައް ކަމަށާއި، ޒުވާނުންގެ ބޭނުންތައް ފުއްދައި ދޭން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މި ސަރުކާރު ފެއިލް ވެފައިވާ ކަމުގެ އެއް ހެއްކަކީ ޒުވާނުންނަށް ބޭނުންވާ ކަންކަން ނުކޮށްދެވުން ކަމަށް ވިދާޅުވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަކެތީގެ އަގުތައް އުފުލިފައިވާއިރު މި ގައުމުގައި ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ޒުވާނުންނާއި މެދުގައި ކަމަށެވެ. އެ އިހުމާލުގެ ސަބަބުން ޒުވާނުން ހަލާކުގެ ތެރެއަށް މިސްރާބު ޖަހާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް. ޒުވާނުން މަގުން ކައްސާ ނުލާނެ ގޮތަކަށް ކަންކަން ތަރުތީބުކުރާނަމަ އަނިޔާވެރި ކަމެއް ފެނިގެންނެއް ނުދާނެ. އަޅުގަނޑުމެންނަކަށް ފެނިގެނެ ޒުވަނުން ހަލާކުވެގެންދާ ތަނެއް. އެހެންވީމަ އެންްމެ ބޮޑަށް މި ސަރުކާރުން އިހުމާލުވެފައި މި އޮތީ ޒުވާނުންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި ޒުވާނުންނަށް އެއްލައްކަ އަށް ވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރަށް ހަތަރު އަހަރުވެގެން ދިޔަ އިރު އުފެއްދިފައިވަނީ އެންމެ ހަތަރު ހާސް ވަޒީފާ ކަމަށެވެ. އަދި ސަރުކާރުން ދައުލަތް ހިންގަމުން ދަނީ ޒުވާނުންގެ އަތުން ޕާކިން ސްޓިކާއަށް ފައިސާ ނަގައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް