ads
ހިންމަފުށީ ގެސްޓުހައުސްއަށް ގެއްލުންދޭ މަންޒަރު
ހިންމަފުށީގައި ގެސްޓުހައުސް އަކަށްވަދެ އިންޒާރުދީ ހަމަނުޖެހުން ހިންގަައިފި
ކ. ހިންމަފުށީގައި ހިންގަމުން އަންނަ ގެސްޓުހައުސްއަކަށްވަދެ، ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގައިފި އެވެ.

ޝޯޝަލް މީޑިއާގަައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މީހަކު ގެސްޓުހައުސްތެރެއަށްވަދެ އެތަނުގައި ހުރި ގޮޑިއަކުން ބިއްލޫރި ކައުންޓަރަކާއި ދިމާލަށް އެއްލާލާ މަންޒަރެވެ.

އެ ވީޑިއޯގައި އޭނާ ހަޅޭލަވާ އިންޒާރުދޭ މަންޒަރުވެސް ފެނެއެވެ. ވީޑިއޯ އާއްމުކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން އެގެސްޓު ހައުސްއަށްވަދެ ހަމަނުޖެހުން ހިންގާ އެތަން ބަންދުކޮށް ތަނުގެ ވެރިންނަށް ވަޅިން ހަމަލާދިނުމަށް އެރަށުގެ ގޭންގެއްް ހަރަކާތްތެރިވާ ކަމަށެވެ.

އަދި ތަނުގައި ހުޅުޖަހާނެކަމުގެ އިންޒާރުވެސް ދެމުންކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެެއް އަދި ނުލިބެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް