ads
ކޮވިޑް19 އާއި ގުޅޭގޮތުން ރައީސް ނަޝީދާއި ޗައިނާ ސަފީރު މަޝްވަރާކޮށްފި
ކޮވިޑް19 އާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖަންގް ލީ ޖޮންގް މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗައިނާގައި ފެތުރޭ ކޮވިޑް19 އާއި ގުޅޭގޮތުން ކަންތައްތައް ހިނގަމުންދާގޮތް ސަފީރު ހިއްސާކުރެއްވި ކަމަށެވެ. 

އަދި މިވަގުތަކީ އެންމެންވެސް ޗައިނާ އާއި ދޭތެރޭގައި އިހުލާސްތެރިކަމާއި މަދަދުވެރިކަމާއި އެކުގައި އަމަލުކުރަންޖެހޭނެ ވަގުތެއްކަމަށް ޗައިނާގެ ސަފީރު އަރިހުގައި ދެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިއީ އެއްވެސް ހާލެއްގައި ޗައިނާއަށް އެއްވެސް ކަމެއްގައި ދެރަގޮތެއް ވުމަށް ހިތްނިޔަތް ގަނެގެން ވާނެ ވަގުތެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ދެކެންޖެހޭނީ، ހުރިހާ އިންސާނުން ވެސް ބަލިވާނެ. ބަލިވީމާ އިންސާނުންނަށް ބޭސްފަރުވާ އަޅުގަނޑުމެން އެންމެން ކޮށްދޭންޖެހޭ. ބަލިވާ މީހާ އެއީ އެކަހެރިކޮށްލެވޭ، ވަކިކޮށްލެވޭ، ހަނދާން، ނައްތާލެވޭ، ފޮހެލެވޭ، މީހެއްގެ ގޮތުގައި ވިސްނުން އަޅުގަނޑުމެން ގެންގުޅުން އެއީ އަޅުގަނޑަށް ފެނުނުގޮތުގައި ދެރަކަމެއް. އަޅުގަނޑު ޗައިނާ އެމްބެސަޑަރަށް ދެންނެވިން، އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންވެސް މިވަގުތު އެދިވަޑައިގަންނަވަނީ ޗައިނާއަށް މަދަދުވެރިކަމޭ. ޗައިނާ އަށް އިހުލާސްތެރިކަމޭ. ޗައިނާއަށް ހެޔޮއެދުމޭ."

މީގެ އިތުރުން ކޮވިޑް19ގައި ފުރާނަ ނެތިގެންދަނީ ވަރަށް މަދުބައެއްގެ ކަމަށް ސަފީރު ވިދާޅުވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މީގެ އިތުރުން ޗައިނާ އިން އަލަށް ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ދަށްވެފައިވާކަމަށް ސަފީރު ވިދާޅުވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ކޮރޯނާގައި ރަނގަޅުވާ މީހުންގެ އިންސައްތަ އިތުރުވާކަމަށް ވެސް ވިދާޅުވި ކަމަށް ރައިސް ނަޝީދު ވިދާޅުވި އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް