ads
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް
ޑރ. ބިލާލް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް އީވާ ތުހުމަތުކުރައްވައިފި
ސުލްހަމަސަލަސްކަމާއި އަމާންކަމާއި ބެހޭގޮތުން ރާއްޖޭގެ ޒުވާނުންނަށް ދީނީ ދަރުސް ދެއްވުމަށް ޑރ. ބިލާލް ފިލިޕްސް އެކަށީގެން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މެންބަރު އީވާ މިހެން ވިދާޅުވެފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުން 18 ވަނަ ދުވަހަށް ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕް ރާއްޖެ ވަޑައިގެން، ޒުވާނުންނަށް ދަރުސް ތަކެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އިވާ ވިދާޅުވީ ރާއްޖެއަށް ސުލްހައާއި ހަމަޖެހުން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް ޑރ. ބިލާލް އަކީ އެކަމަށް ނަސޭހަތްތެރިވާން އެންމެ އެކަށޭނަ ފަރާތް ނޫން ކަން ގޫގުލް ސާޗް ކޮށްލުމުން އެނގިގެންދާ ކަމަށްވެސް ވިދާޅުވި އެވެ. 

ޑރ. ބިލާލް އަކީ ހަރުކަށި ފިކުރާއި އަންހެނުންނަށް ކުރާ އަނިޔާ ފެތުރުމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވެސް އީވާ ވަނީ ތުހުމަތުކުރައްވާފަ އެވެ. 

ޑރ. ބިލާލް އަކީ ޑިމޮކްރަސީއާއި ދެކޮޅަށް ވާހަކަދައްކަވާ ބޭފުޅެއް ކަން ފާހަގަކުރައްވަމުން އީވާ ވަނީ ޑރ. ބިލާލް ރާއްޖެ ވަޑައިގަތުން ހުއްޓުވުމަށްވެސް އެދިވަޑައިގެންފަ އެވެ.

19%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
56%
ވަރަށް ސަލާމް
ކޮމެންޓްސް