ads
ބިލީ އެއިލިޝް-ބްރިޓް އެވޯޑްސް 2020
އަަހަންނަށް ވަރަށް ގިނަ މީހުންގެ ނަފްރަތު އަމާޒުވޭ: ބިލީ އެއިލިޝް
ބްރިޓް އެވޯޑްސް 2020 ގައި ވާހަކަ ދައްކަމުން ވަރަށް ގިނަ މީހުންގެ ނަފްރަތު އޭނާއަށް މިހާރު އަމާޒުވާ ކަމަށް ޒުވާން ލަވަކިޔުންތެރިޔާ ބިލީ އެއިލިޝް ބުނެފި އެވެ.

އެންމެ ފަހުގެ ގްރެމީ އެވޯޑްސްގައި ފަސް އެވޯޑް އުފާލާލައިފައިވާ އުމުރުން އެންމެ 18 އަހަރުގެ ބިލީ ބްރިޓް އެވޯޑްސްގެ "އިންޓަނޭޝަނަލް ސޯޯލޯ ފީމޭލް އާޓިސްޓް"ގެ އެވޯޑްއާއި ހަވާލުވެ ވާހަކަ ދައްކަމުން ބިލީ ބުނީ މިދުވަސްކޮޅު އޭނާއަށް ވަރަށް ގިނަ މީހުންގެ ނަފްރަތު އަމާޒުވަމުން އަންނާތީވެ ސޯޝަލް މީޑިއާއި ވެސް ދުރުވެފައިވާ ކަމުގައެވެ. 

ބްރިޓްސް އެވޯޑްގައި ޕާފޯމް ކުރަމުން ދިޔައިރު އެވޯޑް ޝޯއަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ފަރާތުން ލިބުނު ތާއިދާއި ހިނުތުންވުމުގެ ސަބަބުން ވަރަށް އުފާވި ކަމަށް ބިލީ ބުންޏެވެ. ބިލީއަށް ވަނީ އޭނާގެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވި ފެންކަޅިވެ ރޮވިފަ އެވެ. 

ފާއިތުވި އަހަރު ބިލީ ގިނަ ކާމިޔާބުތަކެއް ހޯދާފައިވީ ނަމަވެސް އޭނާއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުމާއި ނަފްރަތާއި ކުރިމަތިލާން ޖެހިފައެވެ.

އަންގާރަ ދުވަހު ބީބީސީ ބްރެކްފާސްޓް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބިލީ ބުނެފައި ވަނީ އޭނާ ސޯޝަލް މީޑިއާއި ދުރުވީ މީހުން އޭނާއަށް އަމާޒުކޮށް ލިޔެފައި ހުންނަ ނަފްރަތުގެ ކޮމެންޓްސްތަކުގެ ސަބަބުން އެ ކޮމެންޓްތަކާ ދުރަށް ދިއުމަށް ކަމަށެވެ. އަދި މީހާއަށް ގިނަ ކާމިޔާބީތައް ލިބެން ފެށުމުން މީހުންގެ ނަފްރަތު އަމާޒުވާލެއް ބޮޑު ކަމަށްވެސް ބިލާ ބުނެ އެވެ. 

މި ކަންކަން ހުއްޓުވުމަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ސުވާލު ކޮށްލުމުން ހުއްޓުވާނެ ގޮތެއް ނޭނގޭ ކަމަށާއި ގިނަ މީހުންނަށް މިކަންވަނީ މަޖާ ކަމަކަށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިކަން ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީވެސް މިއީ ކަމަށް ބިލީ ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް