ads
މޯލްޑިވިއަންގެ ބޯޓުން ފެނުނު ފައިދިގު މަކުނު
މޯޯލްޑިވިއަންގެ ފުލައިޓެއް ތެރެއިން ބޮޑު ފައިދިގު މަކުނެއް
މޯލްޑިވިއަންގެ ފުލައިޓެއް ތެރެއިން ބޮޑު ފައިދިގު މަކުނެއް ފެންނަ ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ އަކުން ފެންނަ ގޮތުގައި، ދަތުރު ކުރަމުން ދިޔަ ފުލައިޓެއް ސީޓު މަތިން ބޮޑު ފައިދިގު މަކުނެއް ހަރަކާތް ކުރާ މަންޒަރު ފެނެ އެވެ. އަދި މިއީ އާއްމު ގޮތެއްގައި ރާއްޖެއިން ފެންނަ ވަރަށްވުރެ ބޮޑު ފައިދިގު މަކުނެކެވެ. 

ވީޑިއޯއިން ފެންނަ ގޮތުގައި، އަންހެން މީހެއް އިށީނދެގެން އިން ސީޓުން ފައިދިގު މަކުނު ފެނުމުން ފަހަތުގައި ތިބި ދިވެހި ފިރިހެނުން ވަނީ، އެ ފައިދިގު މަކުނު މަރާލުމަށް މަސައްކަތް ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން މޯލްޑިވިއަން އަށް އަމާޒުވެފައި ވާއިރު، އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ކޮންމެ ދަތުރެއް ކުރުމުގެ ކުރިންވެސް ބޯޓުތައް ވަރަށް ރަނގަޅަށް ސާފު ކުރާ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ، މިއީ ދަބަސްތައް އެރުވިއިރު، އޭގެ ތެރެއިން އައި އެއްޗެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މޯލްޑިވިއަންގެ ބޯޓުން ފެނުނު މި ފައިދިގު މަކުނަކީ، "ހަންޓްސްމަން ސްޕައިޑާ"ގެ ބާވަތުގެ ފައިދިގު މަކުނެކެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް