ads
އެކަހެރި ބައްދަލުވުމަށް ހާއްސަކޮށް ހުޅުމާލެ ޖަލުގައި ގާއިމްކުރި އިމާރާތް، ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ހުޅުއްވައިދެއްވަނީ-- ފޮޓޯ: ކަރެކްޝަންސް
މާލެ، ހުޅުމާލެ ޖަލުގެ ގައިދީންނަށް އެކަހެރި ބައްދަލުވުން ދެވޭނެ ގޮތް ހަދައިފި
މާލެ ޖަލާއި ހުޅުމާލެ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުސަތު ލިބޭ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ހަމަޖައްސައިފި އެވެ.

އެކަމަށް ހާއްސަ އިމާރާތެއް ވަނީ ހުޅުމާލެ ޖަލުގައި ގާއިމްކޮށްފަ އެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އިމާރާތް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.

ކަރެކްޝަންސުން ބުނީ އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެވޭނީ ކައިވެނިކޮށްފައިވާ މީހުންނަށް ކަމަށާއި، އާ އިމާރާތުގެ ސަބަބުން ކުރިން ދިމާވަމުން އައި ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ. 

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބި ދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާ ބެހޭ ގަވާއިދުގައިވާ ގޮތުން އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު ދެ ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށެވެ.

އެކަހެރި ބައްދަލުވުމަށް އެދި ފޯމް ހުށަހަޅަން ޖެހެނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރު 02:30 އާ ދެމެދު މާލޭ ޖަލުގެ ރިސެޕްޝަނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް