ads
އަލީ ސޯލިހަށް ހަމަލާދިނީ ސަލްމާން މިސްކިތުގައި ހުކުރު ކުރަނިކޮށް މިންބަރަށް އަރައިގެން މީގެ ކުރިން ހައްޔަރުކުރި މީހާ
އަލީ ސޯލިހަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް
އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިއަދު އެެވެ. ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން ކަންވެސް ފުރުއްވަމުން ގެންދަވާ އަލީ ސޯލިހަށް މި ހަމަލާދިން މީހާއަކީ ސަލްމާން މިސްކިތުގައި ހުކުރު ކުރަމުންދަނިކޮށް، މިންބަރަށް އަރައި އަޑުގަދަކޮށްގެން މީގެ ކުރިން ވެސް ހައްޔަރުކުރި މީހެކެވެ. 

އޭނާ އިއްޔެ އަލީ ސޯލިހަށް މަގުމަތިން ތޫނު އެއްޗަކުން ހަމަލާދީފައިވަނީ، އެމައްސަލާގައި ހައްޔަރުކުރުމަށްފަހު، ސިކުޑީގައި އުނިކަމެއް ހުރި މީހެއްކަމަށްބުނެ ދޫކޮށްލާފައި ހުއްޓަ އެވެ. 

އޮފީހުން ނިކުމެވަޑައިގެން ސައިކަލުގައި އަލީ ސޯލިހު އިންނަވަނިކޮށް، ކުރިމަތީ ހުރެ އެމީހާގެ އަތުގައި އޮތް ތޫނު އެއްޗަކުން ސޯލިހަށް ހަމަލާދޭން ފެށުމުން އެކަން ހުއްޓުވަން މަސައްކަތްކުރުމުގެ ތެރޭ އަލީ ސޯލިހުގެ އަތް ވަނީ ފުންކޮށް ޒަހަމުވެފަ އެވެ. އަތް ކަފައިގެން ދިއުމުން ސައިކަލު ދޫކޮށްލުމަށް ފަހު އަލީ ސޯލިހު ދުވެފަ ދުރަށްދާ މަންޒަރު ދައުރުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ. 

your imageއިއްޔެ ދިން ހަމާލާގައި އަލީ ސޯލިހު އަތްވަނީ ކަފައިގެން ގޮސްފައި

އަލީ ސޯލިހަށް އިތުރު ހަމަލާއެއް ނުދެވުނީ އެވަގުތު އެތާ ތިބި މީހުން އޭނާ ހުއްޓުވުމުން ނެވެ. އެއީ ކީއްކުރަން ކުރާ ކަމެއްތޯ އަދި ހަމަޖެހެން އެތާ ތިބި މީހުން އޭނާ ގާތުގައި އެދުމުން އޭނާ ބުނެފައިވަނީ "ހަމަޖެހެވޭކަށް ނެތޭ" ކަމަށެވެ. 

އަދި މީހުނަށް ހަމަލާދިނުމަކީ ރަސޫލާގެ ކޮން ހަދީޡްއެއްގައި އޮތް އެއްޗެއްތޯ ވީޑިއޯކުރަމުންދިޔަ މީހާ ހިތްހަމަ ނުޖެހިހުރެ އަހާ އަޑުވެސް އިވެއެވެ. ނަމަވެސް އެ ސުވާލަށް އޭނާއަށް ޖަވާބެއް ނުދެވުނެ އެވެ. އަދި ކައިރިވެއްޖެނަމަ ކޮށާލާނެކަމަށް ބުނެ އެތާތިބި މީހުނަށްވެސް އެމީހާ ވަނީ އިންޒާރުދީފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް