ads
ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލައިފި
މަޝްހޫރު ދީނީ އިލްމުވެރިއާ ޑރ. ބިލާލް ފިލިޕްސް ކުރިއަށް އޮތް މާޗް މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސާފައި އޮތްއޮތުން މަޑުޖައްސާލާފައިވާކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކަމާ ގުޅޭ އިދާރާ ތަކުގެ ލަފާ ހޯދުމަށް ޝޭހް ޑރ. ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާކަމަށެވެ. 

ސުލްހަމަސަލަސް ކަމާއި ހަމަޖެހުމާއި ގުޅޭގޮތުން ޒުވާނުންނަށް ހާއްސަ ދަރުސްތަކެއް ދިނުމަށް، މާޗް މަހުގެ 12 ވަނަ ދުވަހު ޑރ. ބިލާލް ރާއްޖެ ވަޑައިގެން މާޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ ކަމަށް ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވެފައިވާއިރު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް ބޭފުޅުންވަނީ އެކަމުގައި ނުރުހުން ފާޅުކޮށްފައެވެ. 

އެގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް ނަޝީދު ވިދާޅުވެފައިވަނީ، ޑރ. ޕިލިޕްސްއަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަކަމަށެވެ. އަދި ޑރ. ބިލާލް ޕިލިޕްސް ރާއްޖެ ގެނައުމަށް ނުފެންނަކަމަށް ރައިސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ނަސޭހަތް ދެއްވުމަށް އެންމެ އެކަށޭނަ ޝެއިހަކީ ޑރ. ފިލިޕްސް ނޫން ކަމަށެވެ.  

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކަށް އެތެރެވުމުގެ ހުއްދަ ޑރ. ފިލިޕްސް އަށް ލިބިފައި ނުވަނީ އޭނާ ގެންގުޅުއްވާ ހަރުކަށި ވިސްނުންތަކުގެ ސަބަބުން ކަމަށެވެ. 

އެމްޑީޕީގެ އިސް ބޭފުޅުންގެ އިތުރުން ބައެއް އާއްމުން ވެސް ވަނީ ޑރ. ފިލިޕްސް ރާއްޖެ ގެނައުމަށް ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާފަ އެވެ. އަދި ޑރ. ބިލާލް ޕިލިޕްސް ގެނައުމަށް ގޮވާލާ ވެސް ބައެއް ފަރާތްތަކުން އަންނަނީ އަޑުއުފުލަމުންނެވެ. މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ޑރ. ފިލިޕްސް ވަނީ ރާއްޖެ އައިސްފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް