ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު-- ފޮޓޯ: ހޯމް މިނިސްޓްރީ
މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިންޑިއާއަށް ވަޑައިގެންފި
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

މިއީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހުގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. 

ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރަމުން ދަނީ ދެ ގައުމުގެ ސަލާމަތަށް ވިސްނައިގެން ކަމަށެވެ.

ރާއްޖޭގެ ސަލާމަތަށް އިންޑިއާ ކަނޑުގެ ސަލާމަތް މުހިއްމު ކަމަށާއި، އެހެންކަމުން މި ދަތުރުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

މި ދަތުރުގައި ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް އިންޑިއާ އަށް ވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް