ads
އެޑިއުކޭޝަން ފެއާއެއްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މި އަހަރުގެ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ، އެ ފެއާ އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ”ނިއު މިލީނިއަމް ކޮންސެޕްޓް“ ކުންފުނިން އިންތިޒާމުކޮށްގެން ބާއްވާ ފެއާ އެއް ކަމަށެވެ. ފެއާ އޮންނާނީ މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތައް މީރުމާ އިވެންޓް ހޯލުގަ އެވެ.

އެ ފެއާ މެދުވެރިކޮށް ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވާސިޓީ، ކޮލެޖު އަދި ޕޯސްޓް ސެކަންޑަރީ ތައުލީމު ދޭ މަރުކަޒުތަކުގައި ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމުތަކާއި ޕްލޭސްމަންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ.

މީގެ އިތުރުން އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އެ ފެއާއަށް ބޭނުންވާ ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ވެސް ފޯރުކޮށްދޭނެ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވައި ޒުވާނުންނަށް އިތުރު ފުރުސަތުތައް މަގުފަހިވާނެ ތަފާތު މަސައްކަތްތަކަށް އަބަދުވެސް އެއްބާރުލުންދެމުންދާނެ ކަމަށް ދިރާގުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް