ads
މާފުށިވަރު މޯލްޑިވްސް ރިސޯޓު
މާފުށިވަރު މޯލްޑިވްސް ރިސޯޓު އަންނަ މަހު އަލުން ހުޅުވަން ނިންމައިފި
މާފުށިވަރު މޯލްޑިވްސް ރިސޯޓު އަންނަ މަހު އަލުން ހުޅުވަން ނިންމައިފި އެވެ.

މިރިސޯޓު އަލުން ހުޅުވަން ނިންމާފައި މިވަނީ ރިސޯޓު ވަރަށް ބޮޑަށް މަރާމާތުކުރުމަށްފަހު ބައެއް ބަދަލުތަކާ އެކު އެވެ. 


ޖަރުމަނުގެ ޑާ ޓުއަރިސްޓިކް ބްރޭންޑްގެ ދަށުން މާފުށިވަރު އަލުން ހުޅުވާއިރު ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އެތަނުގެ ބައެއް ރޫމްތަކުގެ ޑިޒައިނާއި ރިސޯޓުގެ އެރޭންޖްމަންޓަށް ގެނެސްފައިވާ ބަދަލުތައް ހިމެނެ އެވެ.

މާފުށިވަރު އަލުން ހުޅުވާއިރު ފަސް ވައްތަރެއްގެ ކޮޓަރިތަކާ އެކު ޖުމްލަ 81 ވިލާ ވަނީ ހަދާފަ އެވެ. 

މާފުށިވަރު އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދަތުރުކޮށްފައި ދެވޭހާ ދުރުމިނުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް