ads
އެލެގޭޓާ ގާ
މަހެއް ހޯދުމަށް ޗައިނާގެ ބޮޑު ކޯރެއް ހިއްކާލައިފި
ކޯރުގައި ދިރިއުޅޭ މަހެއް ކަމަށްވާ "އެލެގޭޓާ ގާ" އެއް ހޯދުމަށް ކަމަށްބުނެ ޗައިނާގެ ކޯރެއް އެގައުމުގެ ސަރުކާރުން ހިއްކާލައިފި އެވެ.

ޗައިނާގެ ރުޒްހޫގު ސަރަހައްދުގެ ކޯރަކުން މި މަަސް އެންމެ ފުރަތަމަ ފެނިފައިވަނީ، މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މަހަކީ ތޫނު ދަތްތަކަށް ހުރި ބިރުވެރި މަހެއް ކަމަށްބުނެ އެ ސަރަހައްދުގެ މީހުން އެކަން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކަށް އެންގި އެވެ. 

އެ މަސް ފެނުނު މީހާ ބުނެފައިވާ ގޮތުގައި، އޭނާ އަށް ފެނިފައިވަނީ، ތޫނު ދަތްތަކެއް ހުރި، ތުން ދިގު މަހެއް ކަމަށާއި، އެ މަސް އެމީހާ އަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ. އަދި މަހުގެ ދިގު މިނުގައި ދެ ފޫޓު ނޫނީ ތިން ފޫޓު ހުންނާނެ ކަމަށް އެމީހާ ވަނީ ބުނެފަ އެވެ.

އޭގެ ފަހުން އެ ސަރަހައްދުގެ މީހުން ވަނީ، އެ މަސް އެ ކޯރުން ނަގައިދިނުމަށް އެދިފަ އެވެ. 

އެކަމާއި ގުޅިގެން މީގެ ދެ ހަފްތާ ކުރިން އެގައުމުގެ ސަރުކާރުން ވަނީ އެ ކޯރު ހިއްކާ އެ މަސް ހޯދާނެ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް މިއަދު އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން 12 ހެކްޓަރުގެ އެ ކޯރު އެއްކޮށް ހިއްކުމުންވެސް، އެ މަސް ފެނިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. 

އެހެންނަމަވެސް އެ ކޯރު ހިއްކި އިރު، އެ ކޯރުން ކުދި "އެލެގޭޓާ ގާ" ތަކެއް ފެނިފައި ވާކަމަށާއި، އެހެން ކަމުން ބޮޑަށް ބެލެވޭ ގޮތުގައި އެމީހާ އަށް ފެނިފައިވަނީ، އެލެގޭޓާ ގާ އެއް ކަމަށް އެގައުމުގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް