ads
މުސްއަބް
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސްއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭން ހުކުމްކޮށްފި
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބް އަބްދުﷲ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ބަދަލުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ހުރުމަށް ފަހު މުސްއަބު މަގާމުން ވަކިކުރީ ދެހާސް ނަވާރަވަނ އަހަރުގެ ފަހުކޮޅުއެވެ. އެކަމާ ގުޅިގެން މުސްއަބު ދައުވާކުރީ އޭނާ ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް އަދި ވަޒީފާ އަނބުރާ އިއާދަ ކުރުމުގެ އިތުރުން ސަސްޕެންޑެން ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ.

މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، މުސްއަބަށް ބަދަލު ދޭށެވެ. މުސްއަބަށް ބަދަލުގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭން ހައިކޯޓުން މިއަދު ހުކުމް ކުރިއެވެ.

23%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް