ads
ދިއްދޫ
ދިއްދޫ ކައުންސިލް ކަޕް ފަށައިިފި
ހއ.ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ދިއްދޫ ކައުންސިލް ކަޕްގެ ކުޅުން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 6 ޓީމެއް ބައިވެރިވެފައިވެއެވެ.

އެއްވަނަ ޑިވިޒަނުގެ ގިނަ ކުޅުންތެރިންތަކެއް މިމުބާރާތުގެ އެކި ޓީމުތަކުގައި ކުޅުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަންޕު)، އިރުފާނު (އިރޭ)، ރާއްޖޭގެ ފުޓްސަލް ތަރި މުހައްމަދު އަޔާޒު (އަޔާ) ހިމެނެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް މަޢްލޫމާތު ދެއްވި ގޮތުގައި މިމުބާރާތުން އެއްވަނައަށްދާ ޓީމަށް 10000 ރުފިޔާ އިނާމުގެ ގޮތުގައިދޭން ހަމަޖެހިފައިވާ، ދެވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް