ads
ކަނޑުގައި ޖައްސާ ބޯޑެއް: ސީޕްލޭން ޓާމިނަލުން ބޮޑު ފައިދާއެއް މިހާރު ސަރުކާރަށް ލިބޭނެ
ސީޕްލޭން ޓާމިނަލް މައްސަލަ: ބޮޑު ގެއްލުމަކުން ރައްޔިތުން ސަލާމަތް ކޮށްފި
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނަށް ފުލުފުލުގައި އަންނަނީ އެކި ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ.

ކަމަކަށް ފަހު ކަމެއް ރައީސް ސޯލިހާއި ކުރިމަތިވަމުން އަންނައިރު އެމަނިކުފާނު އެކަންކަމާއި މެދު އަމަލުކުރައްވަމުން އަންނަނީ ވަރަށްވެސް ހިކުމަތްތެރިކަމާއި އެކު ކަމަށް ދަންނަނަވަން ޖެހެއެވެ. ބައެއް ކަންކަމުގައި ފިޔަވަޅު އެޅުން ރައްޔިތުން އުންމީދު ކުރާ ވަރަށް ވުރެ ލަސްވިޔަސް އެމަނިކުފާނު އަންނަވަނީ ޑިއު ޕްރޮސެސްއަށް ވަގުތު ދެއްވަމުންނެވެ. އަވަސް އަރުވާލުމުގެ ބަދަލުގައި ޤާނޫނާއި އެއްގޮތަށް އަމަލުކުރައްވައެވެ. ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ބަސް ކަންކަމުގައި ހޯއްދަވައެވެ.

މިފަހުން ރައީސް ސޯލިހުގެ ސަރުކާރަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު އެއް ކަމަކީ، ދައުލަތަށް ބޮޑު ގެއްލުމެއް ވާގޮތަށް ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ދިނުމަށް ރައީސް ޔާމީން ސަރުކާރުން ނިންމާފައި އޮތް އޮތުމެވެ. އެހެން ނަމަވެސް އެކަންވެސް ސަރުކާރުން ހަންމަތަ ކޮށް ދައުލަތަށް ލިބެން އޮތް ގެއްލުން ކުޑަކުރެއްވި ގޮތް ބައްލަވާށެވެ. 

އަލަށް އިމާރާތް ކުރި ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް 31،000 އަކަމީޓަރު ދޫކުރަން ކުރީގެ ސަރުކާރުން އޮތީ ނިންމާފައެވެ. އެކަން ހުއްޓުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެެކަން ހުއްޓުވައި މިހާރު ނިންމާފައި އޮތް ގޮތަށް ނިންމީ ދައުލަތަށް ލިބެން އޮތް އެންމެ ބޮޑު އާމްދަނީ ހޯދުމާ އެކު ސީޕްލޭން އޮޕަރޭޝަނަށް ވެސް ބްރޫ ނާރާނެ ގޮތަށެވެ. 

ކުރީ ސަރުކާރުން ނިންމާފައި އޮތްގޮތުން ދައުލަތަށް ސީޕްލޭން ޓާމިނަލުން އާމްދަނީގެ ގޮތުގައި ލިބެންއޮތީ 5.5 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ހިކުމަތު އަމަލީގެ ސަބަބުން އަހަރަކަށް 33 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިގެންދާނެއެވެ. އަދި އަހަރެއްގެ މައްޗަށް 41 މިލިޔަން ޑޮލަރު ލިބިގެންދާނެ އެވެ.

 

އަދި ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދޫކުރާ ޖާގައިން ރިސޯޓްތަކަށް ލައުންޖް ދޫކުރަން އެކުންފުނިން މިހާރުވެސް ކޮންޓްރެކްޓް ހަދާފައި އޮތް ސަރަހައްދު ފިޔަވައި ބާކީ އޮތް ޖާގަ އެހެން އޮޕަރޭޓަރުން ދަތުރުކުރާ ރިސޯޓްތަކުން ލައުންޖް ހެދުމަށް ދޫކުރުމަށްވެސް ސަރުކާރުން އޮތީ ނިންމާފައެވެ.

މަޑުމައިތިރިކަމާއި އެކު ރައީސް ސޯލިހްގެ ސަރުކާރުން މި ކުރެއްވި މަސައްކަތަކީ ރައްޔިތުންގެ ދިފާއުގައި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކުރެއްވި މަސައްކަތަކަށް ނޫނީ ނުވެއެވެ. މުޅި ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ހިންގި ހުރިހާ ކަމެއް ނިމުމަކަށް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. ސަރުކާރުގެ ނިންމުން ބިނާކޮށްފައިވަނީ މިނިވަން އޮޑިޓަ ޖެނެރަލް ދެއްވާފައިވާ ލަފާއަށް ވެސް ރިޔާއަތްކޮށްފަ އެވެ.

ޓާމިނަލް މައްސަލަ މަޖިލީހަށް ވައްދާ މަޖިލީޙުގެ ކޮމެޓީގައި ބަހުސް ކުރި ނަމަވެސް އެންމެ ފަހުން މަޖިލީހުގެ ކޮމެޓީން ނިންމާފައިވަނީ ސަރުކާރުން ނިންމި ނިންމުަމަށް ތާއިދުކޮށްފައެވެ. 

ސީޕްލޭން ޓާމިނަލުގެ މައްސަލަ ފެންމަތި ކުރުވި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ބަހުން ނަމަ މިހާރުވަނީ އެ މައްސަލަ (ވިން) ވެފައެވެ. މި ކާމިޔާބަކީ ރައީސް ސޯލިހުގެ ސަރުކާރުން ނިންމި ހިތްވަރު ގަދަ ގައުމީ ނިންމުމަކަން ނޫނީ ނުވާނެ އެވެ.

82%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް