ads
ރޯޝަނީ ބިލްޑިން
ބިން ހެލުމެއްގެ އަސަރުކޮށްގެން ރޯޝަނީ ބިލްޑިންގު ހުސްކޮށްފި
ބިން ހެލުމެއްގެ އަސަރުކޮށްގެން ހެލްތު މިނިސްޓްރީ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގު ހުސްކޮށްފި އެވެ.

ދިހަ ބުރީގެ މި އިމާރާތައް ބިން ހެލުމެއްގެ އަސަރު ކުރުމާއި އެކު، އެތަނުގައި ތިބި މުވައްޒަފުން ވަނީ އިމާރާތް ހުސްކޮށް ތިރިއަށް ފައިބާފަ އެވެ. 

މިކަމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު ހެނދުނު 08:29 ހާއިރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 6.0 މެގްނެޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެއް އައިސްފައި ވާކަމަށާއި، މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަރާފާނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

އަދި މި ބިން ހެލުން އައީ މާލެ އާއި 2854 ކިލޯ މީޓަރު ދުރުން ކަމަށާއި، މި ބިން ހެލުމުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައި ވާކަމަށެވެ. މީގެ އިތުރުން މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ. 

ބިން ހެލުމުގެ އަސަރު ކޮށްގެން ރޯޝަނީ ބިލްޑިން އިން މީހުން ހުސްކޮށްފައި ވާއިރު، އެ ސަރަހައްދުގެ އެހެން ގެ ތަކުންވެސް މީހުން ވަނީ ތިރިއަށް ފައިބާފަ އެވެ. 

0%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް