ads
ސިފައިން ބޮޑުތަކުރުފާނު މަގު ބަންދުކޮށްފައި..
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ސިފައިންގެ ވަޒީފާ އަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ސިފައިންގެ ވަޒީފާ އަށް ވަންނަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. 

ސިފައިންގެ ވަޒީފާ އަށް ވަދެވެނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ދިވެހިންނަށެވެ. 

ސިފައިންގެ އަށް ވަންނަން ބޭނުންވާ ޝަރުތުތައް: 

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • އުމުރު 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައިހުރި މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  •  އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި).
  •  އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން.

މީގެ އިތުރުން ސިފައިންގެ ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކުން ފުރަތަމަ އިންޓަވިއު ނިންމުމަށްފަހު ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓު ހަދަން ޖެހޭނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް