ads
އިބްރާހިމް ރާފިއު (ރާއްޕެ)
ވީޑިއޯ ތަކުގެ މައްސަލައާ ގުޅިގެން ރާފިއު ފުލުހަށް ހާޒިރުވާން އަންގައިފި
އިސްލާމިކް މިނިސްޓްރީގެ ސީނިއަމާ އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިބްރާހިމް ރާފިއު (ރާއްޕެ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ރާފިއު ހޯދަން ފުލުހުން އިއުލާން ކުރީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ އެވެ.

ފުލުހުންގެ އިއުލާނުގައި ބުނެފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އަންނަ މަހުގެ 11 ވަނަ ދުވަހު ރާފިއު ޝަހީދު ހުސައިން ސައިން އާދަމް ބިލްޑިން އަށް ހާޒިރުވާން އަންގާފަ އެވެ. 

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އާއި އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމުވުމުގެ ކުރިން ރާފިއު ވަނީ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާފިއު ވަޒީފާ އިން ވަކިކުރީ އޭނާ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯއެއް އޮތް ކަމުގެ މައުލޫމާތު ސަރުކާރަށް ލިބުމުންނެވެ. ނަމަވެސް ވަޒީފާ އިން ވަކިކުރި ދުވަހެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް