ads
ބަނގުލަދޭޝްގެ އެމްޑީ އަލަމްގިރި.. އޭނާ ވަނީ ދިވެހިންގެ ކިބައިން މާފަށް އެދިފަ.
އަލަމްގީރަށް ހަތްމަހުގެ ޖަލު ހުކުމަކާއިއެކު ތައުބާ ލައިދީފި
އެއްޖިންސުން ގުޅުން ހިންގިކަން ބަގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރުގެ މައްޗަށް ސާބިތުވެ، ހަތް މަހުގެ ޖަލު ހުކުމެއް އިއްވާ، ކްރިމިނަލް ކޯޓުގައި މިއަދު ތައުބާ ލައިދީފި އެވެ.

އޭނާގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މިއީ އޭނާގެ މައްޗަށް އުފުލި ތިން ދައުވާއަށް އިއްވި ހުކުމެވެ. 

ނަމަވެސް ޖިންސީ ކުށުގެ ގާނޫން އެއްޖިންސުން ގުޅުން ހިންގާ މީހާގެ އަދަބަކީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އެތައް ބަޔަކާއިއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ އެތައް ވީޑިއޯތަކެއް ލީކުވެފައިވަނިކޮށް އޭނާ ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލީ ތިން ދައުވާއެކެވެ. އެ ދައުވާތައް މިހާތަނަށް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ. އަދި ޝަރީއަތްތައްވެސް ބޭއްވީ ސިއްރުކޮށްގެން ނެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ އިއްޔެ އެވެ. ޝަރީއަތުގައި އޭނާ ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފު ވެފަ އެވެ.  

އެހެންކަމުން އަވަސް ނިޔާގެ ދަށުން މިމައްސަލަ ކުރިއަށް ގެންގޮސް މިއަދު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި އޭނާއަށް ހަތްމަހުގެ ޖަލު ހުކުމަކާއިއެކު ތައުބާ ލައިދީފައިވެއެވެ.

ބެލެވޭގޮތުގައި އޭނާއަށް އެންމެ ހަތްމަހުގެ ޖަލު ހުކުމެއް މިއައީ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނު އުގޫބާތުގެ ދަށުން ހުކުމް ކުރުމުން ނެވެ. އަދި އޭނާ ކުށަށް އިއުތިރާފުވެ، ތައުބާވެފައިވާތީވެސް ކުށުގެ އަދަބު ލުއިވާނެ އެވެ. 

އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް މީގެ ކުރިން ފުލުހުން ބުނެފަވެ އެވެ. 

އޭނާގެ ފޯނުން 50 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ. 

މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުން ތަކެއް ސަސްޕެންޑް ކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އަލްމްގީރު ފިޔަވައި މިމައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ. ދައުވާކުރި މީހުންގެތެރޭގައި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ވަނީ ދޫކޮށްލާފައެވެ. 

ޕީޖީން ބުނީ އެމީހުން ދޫކޮށްލީ ކުށުގެ ބާވަތުން އެއީ ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށެއް ކަމަށް ނުވުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް