ads
ޖަޕާނުގައި ކެރެންޓީން ކުރި ކްރޫޒް-- ފޮޓޯ: އީޕީއޭ
ކެރެންޓީން ކުރި ކްރޫޒުގައި ތިބި މީހުން ބޯޓުން ފައިބަން ފަށައިފި
ޖަޕާނުގައި ކެރެންޓީން ކުރި ކްރޫޒްގައި ތިބި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ނެގެޓިވް ވި މީހުންތައް އެ ބޯޓުން ފައިބަން ފަށައިފި އެވެ.

އެ ކްރޫޒުގައި ތިބި އެންމެން ވަނީ ވައިރަހަށް ޓެސްޓުކޮށް، ދެ ހަފްތާއަށް ކެރެންޓީން ކޮށްފަ އެވެ. ޑަޔަމަންޑް ޕްރިންސަސް ގައި ތިބި މީހުންގެ ތެރެއިން 542 މީހުން ވައިރަހަށް ޕޮޒިޓިވް ވިއެވެ. 

ކްރޫޒުގައި ތިބި އެކި ގައުމުތަކުގެ މީހުން އަނބުރާ ގައުމުތަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ގައުމަށް ގެންދިޔުމަށް ފަހު ވެސް އެމީހުން ކެރެންޓީން ކުރާނެ ކަމަށް ބެލެވެ އެވެ.

އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަހެއް ކަމަށްވާ، ކޮވިޑް-19 ގައި މިހާތަނަށް 2004 މީހުން ވަނީ މަރުވެފަ އެވެ. އަދި 74،185 މީހުންނަށް ޗައިނާގައި އެކަނި ވަނީ އެ ބަލި ޖެހިފަ އެވެ. އެހެން ގައުމުތަކުން އެ ބަލި ޖެހިފައި ވަނީ 700 މީހުންނަށެވެ. 

މިއަދު ވަނީ ހޮނކޮން ގައި ދެވަނަ މީހަކު މި ބަލީގައި މަރުވެފަ އެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ، މި ބަލީގެ ސަބަބުން ފްރާންސް، ޖަޕާން، ފިލިޕީންސް އަދި ޓައިވާން، ކޮންމެ ގައުމަކުން މީހަކު މަރުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް