
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު
ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއިން 82 ހުށަހެޅުމެއް
މުހައްމަދު ރީހާން
01 ސެޕްޓެމްބަރ 2022 - 19:08:39
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ދޭ ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާ އަކުން 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެކައުންސިލުން ބުނެފި އެވެ.
ނޫސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން މީޑިއާ ކައުންސިލުން އަންނަނީ ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.
އެހެން އަހަރު ތަކާއި ހިލާފަށް މީޑިއާ ކައުންސިލުން ވަނީ މި އަހަރު ދެ ކެޓަގަރީއަކުން އިނާމު ދޭން ނިންމާފަ އެވެ.
އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ އެވެ.
މި އަހަރު އިނާމު ދޭ ދާއިރާތައް:
- ތަހުގީގީ ނޫސްވެރިކަން
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
- ސިޔާސީ
- ޝަރުއީ އަދި ގާނޫނީ
- ވިޔަފާރިއާއި އިގްތިސޯދު
- ކުޅިވަރު
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޖާނަލިޒަމް
- ގްރެފިކްސް އާއި އިލަސްޓްރޭޝަންސް
- ފީޗާ ދާއިރާ
- އުންމީދީ ނޫސްވެރިޔާ
- އެންމެ މޮޅު ނޫސްވެރިޔާ
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް