ads
ބަޔަކު ހޮސްޕިޓަލެއްގައި ހަރަކާތްތެރިވަނީ
އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު އިތުރުވެއްޖެ
އަރިދަފުސް ރޯގާ ޖެހިފައިވާ މީހުންގެ އަދަދު މިދިޔަ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ ޖެނުއަރީ މަހު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ 21،248 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 18،969 ކޭސް އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޑެންގީ ޖެހުނު އަދަދު ދަށްވެފައިވާ ކަންވެސް ހާމަވެ އެވެ. އެގޮތުން ޑެންގީ ޖެހިގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 70 ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 215 ކޭސް އެވެ.

އެޗްޕީއޭ އިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފަ އެވެ. އަދި ކޮންމެހެން ހޮސްޕިޓަލްތަކަށް ދާންޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް