ads
މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ-- ފޮޓޯ: ސީއެންއެމް
މާލޭގެ ކެޕޭސިޓީ 70 މެގަވޮޓަށް އިތުރުކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލެއަށް އިތުރު އިންޖީނެއް ގެނެސް، ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 70.1 މެގަވޮޓަށް އިތުރުކޮށްފި އެވެ.

ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ 1.6 މެގަވޮޓުގެ އިތުރު އިންޖީނެއް ގެނެސް، އެކަމަށް ހައްލު ލިބޭތޯ މަސައްކަތް ކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ މޭ މަހު 66 މެގަވޮޓް މާލޭގައި ބޭނުން ކުރިއިރު، އޭރު ކެޕޭސިޓީއަކީ 68 މެގަވޮޓެވެ. ކަރަންޓު ބޭނުން ކުރުން އިތުރުވުމުން، ހިދުމަތް ކެނޑުމުގެ މައްސަލަ ދޭތެރެއަކުން ދިމާވެ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލޭގައި ވަނޯ އިންޖީނުގެއެއް ހަދާފަ އެވެ. މާލެ ސަރަހައްދުގެ ކަރަންޓު ވިޔުގަ އެތަނާ ގުޅައި ނިމުމުން މައްސަލަ ހައްލު ވާނެ ކަމަށް ސްޓެލްކޯއިން އުއްމީދު ކުރެ އެވެ. 

އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އޯގަސްޓް މަހަށް އެ މަޝްރޫއު ނިންމުމަށެވެ. ދެހާސް ސޯޅަވަނަ އަހަރު ފަށަން ނިންމި މަޝްރޫއަށް 700 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވެ އެވެ. އެ ފައިސާ ހަމަޖައްސާފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނަކުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް