ads
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް
އެއަޕޯޓް ޑިޓެންޝަން ސެންޓަރު ފަޅާލައި ބިދޭސީއަކު ފިލައިފި
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ސީލިން ފަޅާލުމަށް ފަހު، ބިދޭސީއަކު އެ ތަނުން ފިލައިފި އެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިގެން ރޭ ފަތިހު ފުލުހަށް ރިޕޯޓުކޮށްފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ. މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަކަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެއެވެ. 

ސައުވީސް ގަޑިއިރު ފޯރިމަރާ، އަދި ވަށައިގެން ސީސީޓީވީ ހަރުކޮށްފައި ހުންނަތަނަކުން މީހަކަށް ފިލޭނެ ގޮތް މެދުވެރިވީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. މި ކަމާ ގުޅިގެން އިމިގްރޭޝަންގެ ބަހެއްވެސް އަދި ނުލިބެއެވެ.

އެއަޕޯޓް ޑިޓެންޝަން ސެންޓަރުން ބިދޭސީ އަކު ފިލާފައިވާއިރު، އެއަޕޯޓުގައި ޖާސޫސް ކުރިކަމަށް ތުހުމަތު ކުރެވޭ ދެ ބިދޭސީއަކު މިދިޔަ ހަފްތާގައިވަނީ ހައްޔަރުކޮށްފައެވެ. ޖާސޫސް ކުރި މީހުންނާ ފިލި މިހާއާ ގުޅުމެއް އޮތް ކަމެއް ނޭނގެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް