ads
ހޯދަން އިއުލާންކޮށްފައިވާ 26 އަހަރުގެ މިތުން
އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގެ ސީލިން ފަޅާލައިގެން ފިލި މިތުން ހޯދަން އިއުލާންކޮށްފި
ވެލާނާ އިންޓަނޭޝަލް އެއާޕޯޓު(ވީއައިއޭގެ) ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ، އެތަނުގެ ސީލިން ފަޅައިލައިގެން ފިލި ބަންގްލަދޭޝް މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނާކޮށްފި އެވެ.

އިމިގްރޭޝްނުން އޭނާ ހޯދަން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ހޯދަމުންދަނީ، އުމުރުން 26 އަހަރުގެ ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މިތުން ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ހުރިތަނެއް އެނގޭ އެއްވެސް މީހަކު ހުރިނަމަ 7980408 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އިމިގްރޭޝަނުން އެދިފައި ވެއެވެ.

ވީއައިއޭގެ ޑިޓެންޝަން ސެންޓަރުގައި އޭނާ ބަންދުކުރީ ވިސާނެތި ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެވި މައްސަލާގައި 2019 ވަނަ އަހަރު އޭނާ ޑީޕޯޓުކޮށްލާފައި ހުއްޓާ އަނބުރާ މިދިޔަ ބުދަ ދުވަހު ރާއްޖެ އައުމުން ނެވެ. 

އިމިގްރޭޝަނުން ބުނިގޮތުގައި މިފަހަރުވެސް އޭނާ ރާއްޖެއެތެރެވެފައިވަނީ، ފުރިހަމަކުރަންޖެހޭ ލިޔެކިއުންތައްވެސް ފުރިހަމަ ނުކޮށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް