ads
ކާމިލް ދީދީ ޕްރީސްކޫލު ހުޅުވުމުގެ ރަސްމިޔާތު ތެރެއިން
ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު ”ކާމިލް ދީދީ“ ހުޅުވައިފި
ދެވަނަ ފިޔަވަހީގައި ތަރައްގީކުރި އެ ސަރަހައްދުގެ ފުރަތަމަ ފްރައިމަރީ ސްކޫލު ”ކާމިލް ދީދީ“، މިއަދު ހުޅުވައިފި އެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މައާރިފް އަލްއުސްތާޛް އަހްމަދު ކާމިލްދީދީ އަށެވެ. 

މި ސްކޫލުގައި އެލްކޭޖީ، ޔޫކޭޖީ، އިން ފެށިގެން ގްރޭޑް 1، 2، 3، 4، 5 އަދި 6 ކިޔަވައިދޭނެ އެވެ.

ފައުންޑޭޝަން ކްލާސްތައް ހަތަރު ދަންފަޅި އަށް ކިޔަވައިދޭއިރު، ގްރޭޑް 1 ން 6 އަކަށް ދެ ދަންފަޅިއަށް އެ ސްކޫލުގައި ކިޔަވައިދޭނެ އެވެ.

ޖުމްލަ 824 ދަރިވަރުންނާއިއެކު ފެށި މި ސްކޫލުގައި 47 މުދައްރިސުން، އަށް އިދާރީ މުވައްޒަފުން، އަދި 10 މަސައްކަތު މީހުނާއިއެކު ޖުމްލަ 65 މުވައްޒިފުން ހިމެނެ އެވެ.

ކާމިލްދީދީ ސްކޫލު މިއަދު ހުޅުވިއިރު، ފުރަތަމަ މި ސްކޫލު ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން މަސައްްކަތްކުރީ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ މިއަހަރުގެ ދިރާސީ އާ އަހަރު ކިޔެވުން ފެށުނު ދުވަހަށެވެ.

ނަމަވެސް އެހާތަނަށް ސްކޫލުގެ މަސައްކަތް ނިމިފައި ނުވުމުން، އެ ސްކޫލުގެ ދަރިވަރުން މިއަދާއި ހަމަޔަށް ކިޔެވުމަށް ގޮސްފައިވަނީ ހުޅުމާލޭގެ ބޮޑެތި ސްކޫލުތްކަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް